ޚަބަރު

މާލޭގައި އިޖްތިމާއީ މިންގަނޑާ ޚިލާފަށް ހުރި ކުރެހުންތައް ކައުންސިލުން ސާފުކޮށްފި

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ މިންގަނޑާ ޚިލާފަށްހުރި ކުރެހުންތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ފޮހެ ސާފުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީކައުންސިލުގެ ރަސްމީ ޓްވިޓަރ އެކަންޓުން ހިއްސާކޮށްފައިވާ ގޮތުގައި އިއްޔެ ކުރިއަށްގެންދިޔަ މި މަސައްކަތުގައި 16 ތަނެއް ވަނީ ސާފުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިންވެސް ސިޓީ ކައުންސިލުން ވަނީ ފުލުހުންގެ އިދާރާ އާއި ގުޅިގެން މިފަދަ ލިޔުންތަކާއި ކުރެހުންތައް ފުހެ ސާފުކުރުމުގެ މަސައްކަތއ ކޮށްފައެވެ.

މާލޭގެ އިމާރާތްތަކުގައްޔާއި، ހުސް ބިންބިމުގެ ފާރުތަކުގައި ހުތުރު ބަހުން ލިޔުމާއި، ބަދުއަހުލާގީ މެސެޖުތައް ލިބޭ ގޮތަށް ހަދާފައިވާ ގްރެފިޓީ ތަކާއި، ކުށްކުށަށް އަރައިގަންނަ ގުރޫލުތަކުގެ ރަމްޒު ކުރެހުމާއި ލިޔުމުގެ މައްސަލައަކީ ބައެއް އާންމުން ވަރަށް ހިތްހަމަނުޖެހޭ މައްސަލަ އެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button