ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.
ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ގިނަ މެންބަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތަށް ފަހު، ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވާއިރު އެ ބައްދަލުވުމަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް އެޕާޓީން ވަނީ މައުލޫމާތުދީފައެވެ.
ޕީއެންސީގެ އޮފީސް މިހާރު ހުންނަނީ ސީ ޓްރެކް އިމާރާތުގެ ހަތްވަނަ ފަންގިފިލާގައެވެ.