ޚަބަރުސިޔާސީ

ޔޫތް މިނިސްޓްރީގެ އެއްވެސް މަސައްކަތެއް ވަގުތަކަށް ނުނިންމޭ: މަހްލޫފް

ޔޫތް މިނިސްޓްރީއިން ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވާ އެއްވެސް މަސައްކަތެއްނިންމަން ހަވާލުކުރި މުއްދަތުގެ ތެރޭގައި ނިމިފައި ނުވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖްލީހުގައި، ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން ތޮއްޑޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް އަޅަން މި އަހަރުގެ ބެޖެޓުގައި ހިމެނިފައިވާއިރު މަސައްކްތް ފަށައި އެތަނުގައި ކުޅެން ފެށޭނެ ތާރީހަކާއި ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މިހާތަނަށް އެމަނިކުފާނު ހަވާލުކުރި އެއްވެސް ކޮންޓްރެކްޓެއް ހަވާލުކުރި މުއްދަތުގެ ތެރޭގައި ނިމިފައި ނެތް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެކަން އެހެން ހުރުމާއެކު ސީދާ ދުވަހެއް ބުނަން ދަތި ކަމަށާއި، އެހެން ނަމަވެސް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޖުލައި މަހު އިއުލާންކޮށްފައިވާ ކަމަށާއި އަދި މި އަހަރު ތެރޭގައި މަސައްކަތް ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެކަމުގައި މިނިސްޓްރީގެ ފަރާތުން ކުރަން ހުރި ކަންކަން ވީހާވެސް އަވަހަށް ނިންމައިދޭނެކަމަށް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް ނުނިމި ލަސްވަމުންދާތީ މަޖްލީހުގެ ގިނަ މެންބަރުން ވަނީ އިއްޔެގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ދައުރުގެ ކުރީކޮޅު އަޅަންފެށި ފުޓުބޯޅަ ދަނޑު ބައެއް ރަށްރަށުގައު އަދިވެސް ނުނިމި ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button