ޚަބަރު

ޔޯގާ އަކީ ހަރާމް ކަމެއް ނަމަ އެކަމަކާ ނޫޅޭނަން: މަހުލޫފް

ޔޯގާ އަކީ ކަނޑައެޅިގެން ސާފުކޮށް ހަރާމް ކަމެއްކަން ސާފުވާނަމަ އެކަމާ ނޫޅުއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި މަޙްލޫފް ވިދާޅުވީ ޔޯގާ މައްސަލައަކީ ސީދާ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުން ދިޔަ ކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި މިޔުޒިކާއި ޔޯގާ ފަދަ ކަންކަމަކީ މިފަދަ ދެން ހުރި ހުރިހާ ކަމެއްގައިވެސް، އެއީ ހަރާމްކަމެއް ކަން ނުވަތަ ނޫންކަން ސާފުވީމައި، އެފަދަ ކަންކަމާ ނޫޅޭނެ ކަމަށެވެ.

”އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުން ވަނީ ޔޯގާ އާއި މިއުޒިކާއި ދެން އޮތް ކަމަކާ މި ހުރިހާ ކަމެއްގައި ހަރާމްތޯ ހަރާމް ނޫންތޯ ސާފުކޮށް ބުނީމަ، އަޅުގަނޑުމެން އެ ހިސާބުން އެކަމަކާ ނޫޅޭނަން.“ މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިފަދަ ހިލާފް އުފެދިފައި ހުންނަ ކަންކަމުގައި ވަކި ޝެއިހެއްގެ ބަސް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރަނީ އެހެން ޝެއިހެއްގެ ބަސް ކަމަށް ވިދާޅުވިއެވެ. އަދި އެ ޝެއިހް ބުނާގޮތަށް އުޅޭކަށް ނުޖެހޭނެ ކަމަށާއި، އުޅެންޖެހޭނީ މި ޝެއިހް ބުނާގޮތަށް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މިނިސްޓަރ މަހުލޫފް އިޝާރާތްކުރެއްވި ޝެއިހުންނަކީ ކޮބައިކަމެއް އެމަނިކުފާނު ސާފެއް ނުކޮށްދެއްވައެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން މިދިޔަ ހަފްތާ ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ހުއްޓުވާލުމަށް ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެފައެވެ. އަދި ފުލުހުންގެ އިދާރާއިން މި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙުގީގުކުރަމުން އަންނަ އިރު، މިހާތަނަށް 21 މީހަކު ވަނީ ގައްޔަރުކުރެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button