ފުލުހުންގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީ ހެދޭނީ އިމްރާނާއި ހަމީދު ސަސްޕެންޑްކޮށްގެން:އާދަމް ޝަރީފް

މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ޙަރަކާތް ކުރިއަށް ގެންދިޔަވަގުތު އެތަނުގެ ސެކިޔުރިޓީ ބްރީޗްވި ގޮތުގެ ފުރިހަމަ އިންކުއަރީއެއް ހަދަން ޖެހޭކަމަށާއި، އެކަން ކުރެވޭނީ ހޯމް މިނިސްޓަރު އިމްރާނާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ސަސްޕެންޑް ކުރުމަށްފަހުގައި ކަމަށް ކުރީގެ ޑިފެންސްމިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ޔޯގާ ޙަރަކާތާއި ގުޅޭ މަޢުލޫމާތުތައް ހާމަކުރަމުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެދުވަހު ފުލުހުންގެ ސެކިއުރިޓީ ބްރީޗް ވީބކަމަށާއި، އެ ޙަރަކާތުގައި ޑިޕްލޮމޭޓުން ބައިވެރިވާކަން ފުލުހުންނަށް އެނގިފައިނުވާކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވާތީ އެ މައްސަލަ މަޖިލީހުގެ 241 ކޮމެޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.
މި ސިޓީ ޓްވިޓާގައި ހިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ސެކިޔިރިޓީ ބްރީޗްވީ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި، ފުލުހުން މިކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
Yoga beyvvi dhuvahu security breach vi massala akee serious massalaeh. @PoliceMv in vanee security breach vikamah ebbas vefai. Security breach vigothuge furihama inquiry eh hedhumah govaalan. Ekan kureveynee Home Minister aai CP suspend koggen. pic.twitter.com/zzK19O54bj
— Adam Shareef Umar (@Adamshareefz) June 28, 2022
ސެކިޔުރިޓީ ބްރީޗްވީ ގޮތުގެ ފުރިހަމަ އިންކްއަރީއެއް ހެދުމަށް ގޮވާލައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެކަން ކުރެވޭނީ ހޯމް މިނިސްޓަރާއި ސީޕީ ސަސްޕެންޑްކޮށްގެން ކަމަށެވެ.