ޚަބަރު

ފަސާދަވެ ނުދަނީސް އެމްޑީޕީ ކިބައިން ޤައުމު ސަލާމަތްކުރަން ޖެހިއްޖެ: ކައުންސިލަރ އިބްރާހިމް

ޤައުމު ފަސާދަވެ ހަލާކުވެ ނުދަނީސް އެމްޑީޕީ ކިބައިން ޤައުމު ސަލާމަތްކުރަން ޖެހިއްޖެ ކަމަށް މާލެ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުޙައްމަދު (އިބުޓީ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރަން ގޮވާލައި ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ބޭރުފުށުން ތިލަފަތެއްގެ ސިފަ ހުރިކަމަށްވިޔަސް އެތެެރެއިން އެމްޑީޕީ އަކީ ލާދީނީއްޔަތު ފަތުރާ ނުބައި ބަޔެއް ކަމަށެވެ.

އެހެން ކަމުން ޤައުމު ފަސާދަވެ ހަލާކުވެ ނުދަނީސް އެމްޑީޕީ ކިބައިން ޤައުމު ސަލާމަތްކުރަން ޖެހިއްޖެ ކަމަށާއި، ނާޒިމް ސައްތާރު ހައްޔަރު ކުރަން ޖެހޭކަމަށްވެސް އޭނާގެ ޓްވީޓްގައި ވިދާޅުވިއެވެ.

ނާޒިމް ސައްތާރު ހައްޔަރު ކުރުމަށް ގިނަބަޔަކު ވަނީ ސޯޝަލްމީޑިއާގައި #ArrestNazimSattar‬⁩ ހޭޝްޓެގް ބޭނުންކޮށް ކެމްޕޭނެއްވެސް ފަށާފައެވެ.

އެހެންނަމަވެސް ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒް ވިދާޅުވީ ނާޒިމް ސައްތާރު ހައްޔަރުކުރަން ޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

މިއާއި އެކު ގިނަބަޔަކު ދަނީ ފުލުހުންގެ މުއައްސަސާ އަށާއި، ސަރުކާރަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.

One Comment

  1. ގައުމުގެހާލަތު ކަނުއަނދިރިގަނޑަކުން ސަލާމަތްކޮއް ތަރައްގީއާއި ކުރިއެރުން ގެނެސްދިން ޕާޓީއަކީ އެމް،ޑީ،ޕީ ކަމުން ދިވެހިރާއްޖޭގަ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީގެ ހައިސީޔަތުން ދިވެހި ގިނަ ރައްޔިތުންގެ ތާއިދުއޮތީ އެމް،ޑީ،ޕީ އައް ކަމުން މަނިކުފާނު ތިދައްކަވަނީ ތާކުންތާކުން ނުޖެހޭ ކޮސްވާހަކަ..
    އަދި މިނޫހުން މިސަރުކާރާއި އެމް،ޑީ،ޕީ ދެކެ ކިތައްމެރުޅިއަޔަސް މިހެން ގޮވާ ކޮސް ޙަބަރެއްގެ ސިފައިގަ ގެނެސްދޭނީ ހަމައެކަނި މިނޫހުން…

Leave a Reply

Your email address will not be published. Required fields are marked *

Back to top button