ޚަބަރު

ލިވާތުކުރުން ގިނަވަނީ ފިރިހެނުން އެކުގައި ވަޒީފާ އަދާކުރާތީ: ފައްޔާޒުގެ ދިރާސާ

ފިރިހެނުން އެއްޖިއްސުން ގުޅުން ހިންގުން ނުވަތަ ލިވާތުކުރުން ގިނަވަނީ ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރުމުންނާއި އެކުގައި އުޅޭ އުޅުމުން ކަމަށްދިރާސާތަކުން ދައްކާކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބިދޭސީ ފިރިހެނަކާއި އެކު ލިވާތުކުރާ މަންޒަރުސޯޝަލްމީޑިއާގައި ދައުރުވާން ފެށުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އެމްޑީއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ލިވާތު ކުރުން ހުއްޓުވުމުގެ ހައްލަކީ ފިރިހެނުން ގޭގައި މަސައްކަތް ކުރުން ނުވަތަ ޚާއްސަ ޗެސްޓިޓީ ބެލްޓެއް އުފެއްދުމަށްފަހު އޭގެ ތަޅުދަނޑި ސަރުކާރުގެތަނެއްގައި ބޭއްވުންތޯ ފައްޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ.

ފައްޔާޒުގެ މި ޓްވީޓާއި ގުޅިގެން ގިނަބައެއްގެ ނުރުހުމާއި ފާޑުކިޔުން  އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި އެއީ އޭނާ ކޮންތާކުން ހޯދި ހޯދުމެއްތޯ އާއި އެއީ ކިހާވަރެއްގެ އިތުބާރު ހުރި ދިރާސާއެއްތޯ ސުވާލު އުފައްދާފައިވެއެވެ.

ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުގެ ގޮތުގައި ފައްޔާޒު ފާހަގަ ކުރެވިފައިވާއިރު، ރައީސް ނަޝީދު އާއި ފައްޔާޒްގެ ބަހުގެ ހަމަލާތަކެއް ދާދިފަހުން އޮތް އެމްޑީޕީގެޗެއަރޕާސަން އިންތިޚާބުގެ ދުވަސްވަރު ފެނިގެންގޮސްފައިވެއެވެ.

އެއަށްފަހު ނާޒިމް ސައްތާރު ލިވާތުކުރާ މަންޒަރު ފެންނަ ވީޑިއޯ ލީކްވުމާއިގުޅިގެން އެކަމުގެ އަޑީގައި ހުންނެވީ މިނިސްޓަރު ފައްޔާޒުކަމަށް ތުހުމަތުކުރެވޭ ވާހަކަސޯޝަލް މީޑިއާގައި ވަނީ ދެކެވެން ފަށާފައެވެ.

2 Comments

  1. Foyyaz moya fulhuveetho. Ehjinsun gulhun hingaa meehun aanmukoh hingany lha umuruga ekudhin gayah firihen verin araathee. Dhiraasaathah rangalhah kiyaabala ** nukiyaa

Leave a Reply to Halaaku Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button