ލިވާތުކުރުން ގިނަވަނީ ފިރިހެނުން އެކުގައި ވަޒީފާ އަދާކުރާތީ: ފައްޔާޒުގެ ދިރާސާ
ފިރިހެނުން އެއްޖިއްސުން ގުޅުން ހިންގުން ނުވަތަ ލިވާތުކުރުން ގިނަވަނީ ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރުމުންނާއި އެކުގައި އުޅޭ އުޅުމުން ކަމަށްދިރާސާތަކުން ދައްކާކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބިދޭސީ ފިރިހެނަކާއި އެކު ލިވާތުކުރާ މަންޒަރުސޯޝަލްމީޑިއާގައި ދައުރުވާން ފެށުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އެމްޑީއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ލިވާތު ކުރުން ހުއްޓުވުމުގެ ހައްލަކީ ފިރިހެނުން ގޭގައި މަސައްކަތް ކުރުން ނުވަތަ ޚާއްސަ ޗެސްޓިޓީ ބެލްޓެއް އުފެއްދުމަށްފަހު އޭގެ ތަޅުދަނޑި ސަރުކާރުގެތަނެއްގައި ބޭއްވުންތޯ ފައްޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ.
Firihenun ginain ekugaa vazeefaa adhaakuran noonee ehkoh ulhey ulhumuge sababun livaathukurun ginavaakamah dhiraasaathakun dhahkaa. Mikamuge hahlakee firihenun gein masahkai kurun nuvatha haahsa chasity belt eh ufahdhaa eyge thalhudhandi sarukaaruge thanehgaa beyhvun Baa!
— Fayyaz Ismail (@faya_i) January 25, 2019
ފައްޔާޒުގެ މި ޓްވީޓާއި ގުޅިގެން ގިނަބައެއްގެ ނުރުހުމާއި ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި އެއީ އޭނާ ކޮންތާކުން ހޯދި ހޯދުމެއްތޯ އާއި އެއީ ކިހާވަރެއްގެ އިތުބާރު ހުރި ދިރާސާއެއްތޯ ސުވާލު އުފައްދާފައިވެއެވެ.
ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުގެ ގޮތުގައި ފައްޔާޒު ފާހަގަ ކުރެވިފައިވާއިރު، ރައީސް ނަޝީދު އާއި ފައްޔާޒްގެ ބަހުގެ ހަމަލާތަކެއް ދާދިފަހުން އޮތް އެމްޑީޕީގެޗެއަރޕާސަން އިންތިޚާބުގެ ދުވަސްވަރު ފެނިގެންގޮސްފައިވެއެވެ.
އެއަށްފަހު ނާޒިމް ސައްތާރު ލިވާތުކުރާ މަންޒަރު ފެންނަ ވީޑިއޯ ލީކްވުމާއިގުޅިގެން އެކަމުގެ އަޑީގައި ހުންނެވީ މިނިސްޓަރު ފައްޔާޒުކަމަށް ތުހުމަތުކުރެވޭ ވާހަކަސޯޝަލް މީޑިއާގައި ވަނީ ދެކެވެން ފަށާފައެވެ.
Eemaantherikan ehgothakanved nethifA ekamah deevaa adabuves.nudeethIy
Foyyaz moya fulhuveetho. Ehjinsun gulhun hingaa meehun aanmukoh hingany lha umuruga ekudhin gayah firihen verin araathee. Dhiraasaathah rangalhah kiyaabala ** nukiyaa