ޚަބަރުސިޔާސީ

ސަޕްލަޔަރުންނަށް ދޭނެ ފައިސާ ނެތިގެން އެމްޓީސީސީން ބޮންޑު ވިއްކަނީ؟

ސަޕްލަޔަރުންނަށް ދޭނެ ފައިސާ ނެތިގެން ބޮޑު އިންޓަރެސްޓެއްގައި 300 މިލިޔަން ރުފިޔާގެ ބޮންޑެއް އެމްޓީސީސީއިން ވިއްކަން އުޅޭ ކަމަށް އެކުންފުނީގެ އިސްވެރިޔަކު ބުނެފިއެވެ.

އޮންލައިން ނޫސް ”ދިޔަރެސްއަށް މައުލޫމާތުދެމުން އޭނާ ބުނީ، ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން، އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް، 9.5 ޕަސެންޓުގެ ބޮޑު އިންޓަރެސްޓެއްގައި ބޮންޑެއް ވިއްކަން އުޅޭ ކަމަށެވެ. އެގޮތުން ޕެންޝަން އޮފީހުގެ އިތުރުން ބޮންޑު ގަތުމަށް ޝައުގުވެރިވާ ޕްރައިވެޓް ކުންފުނިތަކަށް ވާހަކަ ދެކެވެމުން އަންނަ ކަމަށް ކަމަށް އޭނާ ބުންޏެވެ.

އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމަށް މީގެ ކުރިންވެސް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި ފަހަކަށް އައިސް ސަޕްލަޔަރުންނަށް ފައިސާ ދިނުމުގައި ޑިލޭ ތަކެއް އައިސް ،މިހާރު އަވަސް އަރުވާލައިގެން ބޮންޑު ވިއްކައިގެން ސަޕްލަޔަރުންނަށް ރުފިޔާ ދޫކުރަން އުޅުމުގެ ފަހަތުގައި ބޮޑަށް ވަނީ އާޒިމް ކަމަށް ވެއެވެ.

One Comment

  1. ނުފޯރާ ފޮތިން ފޫގަޅަން ހަދައިގެން ދަރާ ވިކިފަ ތިޔަ އޮތީ ފައިސާ ނެތިއްޔާ ކީއްކުރަންހޭ މަސައްކަތް ކުރުވަނީ. އަދިވެސް އިބޫމެން އިމްރާން މެން އަގަ ތަޅުވާތި

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button