ވެރިން ރުއްސަން ޢިލްމުވެރިންގެ ބަހުގައި ކޮޅުފައިން ޖެހޭކަށް ނެތް: ޢަލީ ޒައިދް
ވެރިން ރުއްސަން ދުނިޔޭގެ ފިގުހު އެކަޑަމީތަކާއި އިސްލާމީ އެތައް މުއައްސަސާއަކާއި ޢިލްމުވެރިންގެ ބަހުގައި ކޮޅުފައިން ޖެހޭކަށް ނެތް ކަމަށް މަޝްހޫރު ދީނީއިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދް ވިދާޅުވެއްޖެއެވެ.
ޔޯގާ އަށް ތާއީދު ކުރަމުން މި ސަރުކާރުގެ ވެރިން އެކި ވާހަތައް ދައްކަވަމުން ގެންދަވާ މި ދަނޑިވަޅުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ދަނީ އިސްލާމް ދީނުގައިޔޯގާ އަކީ ޙަރާމް
ކަމެއް ކަމަށާއި ޔޯގާ އަކޯ ހިންދޫ ދީމުގެ އަޅުކަމެއް ކަމުގައި ބުނެ އެކަމުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވަމުންނެވެ.
ޔޯގާ ބަހުސް އާއި ގުޅިގެން ޢަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިން ރުއްސަން ދުނިޔޭގެ ފިގުހު އެކަޑަމީތަކާއި އިސްލާމީ އެތައް މުއައްސަސާއަކާއިޢިލްމުވެރިންގެ ބަހުގައި ކޮޅުފައިން ޖެހޭކަށް ނެތް ކަމަށާއި ޔޯގާއަކީ މަނާކަމެއް ކަމަށެވެ.
މިއާއި އެކު އޭނާ ވިދާޅުވީ ވެރިން ރުހުނަސް ނުރުހުނަސް ހިންދޫންގެ އަޅުކަމެއް ހުއްދަވާނެ ގޮތެއް ނެތް ކަމަށެވެ. އަދި ލާދީނީ މީހުންގެ ރުހުން ދުވަހަކުނުލިބުނަސް ވަރިހަމަ ކަމަށް ޒައިދު ވިދާޅުވިއެވެ.
ވެރިން ރުއްސަން ދުނިޔޭގެ ފިގުހު އެކަޑަމީތަކާއި އިސްލާމީ އެތައް މުއައްސަސާއަކާއި ޢިލްމުވެރިންގެ ބަހުގައި ކޮޅުފައިން ޖެހޭކަށް ނެތް! ޔޯގާއަކީ މަނާކަމެއް! ވެރިން ރުހުނަސް ނުރުހުނަސް ހިންދޫންގެ އަޅުކަމެއް ހުއްދަވާނެ ގޮތެއް ނެތް! ލާދީނީ މީހުންގެ ރުހުން ދުވަހަކު ނުލިބުނަސް ވަރިހަމަ! pic.twitter.com/qRjN1MTVPO
— Ali Zaid (@alizaid1000) June 28, 2022
ޒައިދުގެ އިތުރުންވެސް ރާއްޖޭގެ މަޝްހޫރު އެތައް ޢިލްމުވެރިން ދަނީ ޔޯގާ ގެ ހުކުމް ބަޔާންކުރައްވާ އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ނުރުހުން ފާޅު ކުރައްވަމުންނެވެ.
މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ޙަރަކާތް ހުއްޓުވި މައްސަލަ އާއި ގުޅިގެން ދެ ޝެއިޚަކު ހިމެނޭހެން ޖުމްލަ 21 މީހަކު ފުލުހުން ވަނީހައްޔަރުކޮށްފައެވެ.