ޚަބަރު

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 154 މިލިއަން ރުފިޔާ

މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 154.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފަސް ހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 154 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ފާއިތުވި 2020 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ 55 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.2020 ވަނަ އަހަރުގެ ސެޕްޓެންބަރު 23 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބުނީ 99.8 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 2020 ވަނަ އަހަރު އެކިއެކި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ވަނީ 146.2 މިލިއަން ރުފިޔާ ލިބިފައެވެ.

މި ހިނގާ 2021 ވަނަ އަހަރުވެސް ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button