ޢަލީރަމީޒު މަޚުލޫފަށް: ކަންކަން ކުރުމުގައި ހަވާ ނަފްސަށް ތަބާވުމަކީ ގެއްލުން ބޮޑު ނުރައްކާތެރިކަމެއް

ކަންކަން ކުރުމުގައި ހަވާ ނަފްސަށް ތަބާވުމަކީ ގެއްލުންބޮޑު ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެޔޫތު މިނިސްޓަރު މަޚުލޫފަށް ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒު ރައްދު ދެއްވައިފިއެވެ.
ޔޯގާ އާއި ގުޅޭގޮތުން މާޚުލޫފް ދެއްކެވި ވާހަކަތަކާއި ގުޅިގެން އެކި ދީނީ ޢިލްމުވެރިންނާއި އާންމުންގެ ނުރުހުން ވަނީ މަޚުލޫފަށް އަމާޒުވެފައެވެ.
Brother Mahloof, yoga aa behey gothun Sheikhun dhakkaa vaahaka qaboolu nukuriyas, yoga ge enme bodu guru, Sadhguru bunaa vaahaka qaboolu kuran jeheyne. Kankan kurumuga havaa nafsah thabaavumakee gellun bodu nurakkaatheri kameh. #repent pic.twitter.com/soXpf1iDAo
— Ali Rameez (@aliramyz) June 28, 2022
ޔޯގާ އާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ ޔޯގާ މައްސަލައަކީ ބަޔަކު ސިޔާސީ ބޭނުމަކަށް ކުރަމުން އަންނަ ކަމެއް ކަމަށާއި، އަދިމި މައްސަލައަކީ ސިޔާސީ ބޭނުމެއްގައި އޮޅުވާލައިގެން ބަޔަކަށް ގެއްލުންދޭން ރާވަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔޯގާގެ މައްސަލައިގައި ހިނގާދިޔަ ކަންކަމަކީ ބަޔަކު ރާވައިގެން ވެރިކަމަށް އައުމުގެ ބޭނުމުގައި ހިންގާފައިވާ ކަމެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދުމަޚްލޫފް ވިދާޅުވިއެވެ.
ޔޫތު މިނިސްޓަރު މަޚްލޫފް މިފަދައިން ވިދާޅުވެފައިވަނީ އެދުވަހުގެ ކަންކަމާ ގުޅޭގޮތުން މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވިސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މަޚްލޫފަށް ރައްދު ދެއްވަމުން ޔޯގާގެ ޙަޤީޤަތް ހިމެނޭ ވީޑިއޯ އަކާއި އެކު ޢަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އާއި ބެހޭގޮތުން ޝެއިޚުން ދައްކާ ވާހަކަޤަބޫލު ނުކުރި ނަމަވެސް ޔޯގާގެ އެންމެ ބޮޑު ގުރޫކަމަށްވާ ސަދު ގުރޫ ބުނާ ވާހަމަ ޤަބޫލު ކުރަންޖެހޭނެ ކަމަށެވެ. އަދި ކަންކަން ކުރުމުގައި ހަވާ ނަފްސަށތަބާވުމަކީ ގެއްލުންބޮޑު ނުރައްކާތެރި ކަމެއް ކަމަށްވެސް ޢަލީ ރަމީޒް ވިދާޅުވިއެވެ.
Mihira molhu sheykhaa kale thee konthaakun kon eh,cheh kiyavaigen ais huri dheenee ilmu verieh
Raa boi hakuru boi lava kiyan ulhunu meeheh
Thee khiyaalu fonuviyas genasdhey baeh noon
Ehenmeehunge vaahaka dhakkaairu ali rameezu havaanafusah thabaave kuri kanthkaai libunu gellun kiyaidheyn egeynetha