ޚަބަރު

ހަމީދު އާއި ރިޔާޒުގެ މައްސަލައެއް ބަލައިދިނުމަށް އެދި އެންއައިސީއަށް ހުށައަޅައިފި

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ މައްސަލައެއް ބަލައިދިނުމަށްއެދި ނޭޝަނަލް އިންޓާރގްރިޓީ ކޮމިޝަން ( އެންއައިސީ ) އަށް ހުށައަޅައިފިއެވެ.

ސީޕީ ހަމީދު އަދި އޭސީޕީ ރިޔާޒުގެ މައްސަލައެއް ބަލައިދިނުމަށްއެދި އެންއައިސީއަށް ހުށައަޅާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ހަމްދާން ޝަކީލެވެ.

އެންއައިސީގެ ރައީސް ގާސިމް އަބްދުލް ކަރީމްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން ޔޯގާ އަކީ ޝިރުކެއްކަމަށް ކަނޑައަޅައި ޝިރުކުގެ އަމަލު ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅަަން އަންގާފައިވީނަމަވެސް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިން ފުލުހުންނަށް މިކަން ސިއްރުކޮށް، ގަސްތުގައި ނޭނުމެއްގެ ތެރޭގައި އެބޭފުޅުން ލައްވައި ދައުލަތުގެ މުއައްސަސާއަކުން ކަނޑައެޅިގެން ވަކި ގޮތަކަށް އަމަލު ކުރަންއަންގާފައި ވަނިކޮށް އެއާއި ހިލާފަށް އަމަލުކުރަން އަންގާފއިވާކަމަށެެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ އިސްވެރިން އިސްލާމިކް މިނިސްޓްރީގެ ފަތުވާއަކާއި ހިލާފަށް އަމަލުކޮށްފައިވާކަން އެނގެން އޮތުމުންނާއި އެކަމުގެ ސަބަބުން ބޮޑަތި ހަމަނުޖެހުންތަކަކާއި ކުރިމަތިލާން ޖެހުމުން އެބޭފުޅުންގެ އިހުމާލް އޮތްކަން އެނގޭތީ ސީޕީ ހަމީދު އަދި އޭސީޕީ ރިޔާޒުގެ މައްސަލަ ބައްލަވައިދިނުމަށެެވެ.

 

 

One Comment

Leave a Reply to ބަކުރު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button