ޚަބަރުސިޔާސީ

ޕީއެންއެފް އުފަައްދަވާފައި ވަނީ މަލީހްއާއި ޖަމީލް ވަސްވާސް ލައިދީގެންތޯ؟: ރައީސް ޔާމީން

ޕީއެންއެފް އުފަައްދަވާފައި ވަނީ މަލީހްއާއި ޖަމީލް ވަސްވާސް ލައިދީގެންތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ސުވާލު އުފައްދަވައި ވާހަކަފުޅު ދެއްކެވީ އެމަނިކުފާނު އުފައްދަވަން ނިންމަވާފައިވާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފުކުރުމަށް ބޭއްވި ޖަލްސާއެއްގައެވެ. މި ޖަލްސާގެ ވީޑިއޯ ކުލިޕާއި މި ވާހަކަތައް މޫސާ އަންވަރުގެ އެކްސް ހެނޑްލްގައި ކޮށްފައިވާ ޕޯސްޓުގައިވަނީ ހިއްސާކޮށްފައެވެ.

ކުރީގެ ރައީސް، ރައީސް ޔާމިން އުފެއްދެވި މި ސުވާލުގެ އިތުރުން އަޒުލް ކުރުމާމެދު އަޒުލު ކުރުމާމެދު ރައީސް ޑރ.މުހައްމަދު މުއިއްޒު އެހާ ސިހެންޖެހޭތޯ ވެސް ސުވާލު ވަނީ އުފައްދަވާފައެވެ. ވެރިކަމަށް އަންނަނީ ބަގުޑި ބައްދަން ނޫން ކަމުގައާއި މަޖިލިސް އިންތިހާބަށް އެތައް ބަޔަކަށް މަގާމުތައް ދީފި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓްކަން ހޯއްދަވަން ރައީސް ޑރ.މުހައްމަދު މުއިއްޒު އުޅުއްވި ކަމުގައެވެ. އަދި ރާޅުގަނޑު ޕާކުން ސިހުރު ނައްތާލުމަށް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ސޯޅަ މިލިއަން ހަރަދު ކުރައްވައިގެން މޯލްޑިވް ގޭހުގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ފޮނުއްވަވައިގެން ރުގްޔާ ކުރެއްވިކަމަށް ސީޕީ ހުސައިން ވިދާޅުވިއެވެ

މީގެ އިތުރުން މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ 2024ގެ މަޖިލިސް އިންތިހާބަށް ރައީސް މުއިއްޒު ބޭނުންވި މީހުން ޕްރައިމަރީގައި ހޮވިފައި ނުވާތީ، އެ އެންމެން ވެސް އަމިއްލަ ގޮތުން އަލުން ކުރިމަތިލުމަށް ފުރުސަތު ދީގެން އެކަން ކުރުވާކަމަށެވެ.

ޑރ. ޖަމީލްގެ ވާހަކަފުޅުގައި ވަނީ ތިމަރަފުށީގެ ބޮޑު އާއިލާއަކަށް ރައީސް މުއިއްޒު ދޯކާ ދެއްވިކަމުގައި ވިދާޅުވެފައެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button