ޚަބަރު

ނުހައްގުން ބަޔަކު ހައްޔަރުކޮށް، އެމީހުންނަށް އަނިޔާ ވެރިވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން: އަލީ ޒާހިރު

މީގެ ދުވަސް ކޮޅެއް ކުރިން ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަން ތިއްބައި، ބަޔަކު އެތަނަށް ވަދެގަނެ، އެތަނުގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެ ނުހައްގުން އެތަކެއް ބަޔަކު ހައްޔަރުކޮށް، އެމީހުންނަށް ވަކި މުއްދަތެއް ނެއްގޮތުގައި ބޭތިއްބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.

އިލްމުވެރިއަކު ދީނީ ކަމެއްގައި ނިކުތުމުން ހައްޔަރުކޮށް އަނިޔާވެރިވުމަކީ ހުރިހާ އިލްމުވެރިންނަށް އަނިޔާކުރުން ފަދަކަމެއް ކަމަށް ޑރ. ޒާހިރު ވަނީ ވިދާޅުވިއެވެ. މިހެން ވިދާޅުވީ އެބޭފުޅާ ކުރެއްވި ޓުވިޓެއްގައެވެ.

ޒާހިރު ކުރެއްވި ޓުވިއިޓުގައި ވަނީ ޔޯގާ އާ ދެކޮޅަށް އަޑުއުފުލި ދެ ޝެއިޚުން ހަމަނުޖެހުމުގައި ބައިވެރިވެފައި ނުވަނީސް ރަޙުމްކުޑަ ގޮތަކަށް ހައްޔަރު ކޮށްގެން ވާނުވާގަ ބައިތިއްބުން ޤަބޫލެއް ނުކުރެވޭ ކަން ފާހަގަކުރައްވާފައެވެ. އަދި ދީނީ ކަމެއްގައި ޙައްޤަކާ ނުލައި ޢިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާޢިލްމުވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް ކަމުގައެވެ.

 

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ބައެއްމީހުން މިހާރުވަނީ ހެކިނެތިގެން މިނިވަން ކޮށްފައެވެ.

One Comment

  1. Yoga akee kasratheh noon. Kaafarun kuran onnaanee shiruku! Shiruku ge harakaaiy raavai hingi meehunn furassaara kuree Islam dheenaai dhivehi muslimunnah. Haggu gothakee furassaara kuri emmen vess hayyaru nukoh, .thahugeegu kurun.adhi haggu adhadhinun.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button