ޚަބަރު

އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގި ފުލުސް މީހާގެ އަދަބު ކުޑަކޮށްފި!

އަލަމްގިރި އާ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޖަލަށްލި ފުލުސް މީހާ (އަބްދުއްރަހްމާން ރަފީއު) ގެ އަދަބުން އެއްމަސް އުނިކުރުމަށް ހައިކޯޓުން ވަނީ މިއަދު ނިންމާފައެވެ.
ފުލުސް މީހާގެ މައްޗައް އިއްވާފައިވަނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. ފުލުހެއްގެ މަޤާމްގައި ހުރެ ކުށް ކޮށްފައިވާތީވެ ކްރިމިނަލް ކޯޓުން އޭނާ އަށް ވަނީ ދެ ދަރަޖަ މަތިކޮށް ހުކުމް އިއްވާފައެވެ.

ކްރިމިނަލް ކޯޓުން ރަފީއުގެ މައްޗައް ދެ ދަރަޖަ މަތިކުރުމުގެ ބަދަލުގައި ދެގުނަ ބޮޑުކޮށްފައި ވުމުން ހައިކޯޓުން ވަނީ އަދަބު ކުޑަކުރުމަށް ހުކުމް އިއްވާފައެވެ.
އޭނާގެ އަދަބުން ދެދަރަޖަ މަތިކޮށްފިނަމަ އަދަބަކަށް ވާނީ، އެއް އަހަރުގެ ޖަލު އަދަބެއް ކަމަށް ހުކުމުގައިވެއެވެ. ރަފީއުގެ އަދަބަށް ގެނައި ބަދަލާ އެކު، ކުރިން ތަންފީޒުކުރި މުއްދަތުން ވެސް އުނިކުރަން ޖެހޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފައިވެއެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ ރައްޔިތެެެއް ކަމަށްވާ އަލަމްގިރި އަށް މިހާރު ވަނީ 40 އަށްވުރެ ގިނަ ދައުވާ ކުރެވިފައެވެ. އަދި އެއްޖިންސުން ގުޅުން ހިންގި ކަން ސާބިތު ވުމާއެކު އޭނާ އަންނަނީ 7 މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންނެވެ.

ދިވެހި ފިރިހެނުން އަލަމްގިރި އާއެްކޮށް އެއްޖިންސުން ގުޅުން ހިންގާ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި ދައުރުވެގެން ދިޔަ އިރު ވީޑިޔޯ ތަކުން ފެނިގެން ދިޔަ ގިނަ މީހުން ވަނީ މިހާރު ހައްޔަރުކުރެވި އެމީހުންގެ މައްޗައް ކުދި ހުކުމްތައްވެސް އިއްވާފަކަމަށް މައުލޫމާތު ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button