އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ފަދަ ގަޓުހުރި ލީޑަރަކު ވެރިކަމުގައި ހުންނެވި ނަމަ އެއްޖިންސުން ގުޅުން ހިންގުން އާންމު ނުވާނެ ކަމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ޚާލިދު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުން އާންމުވެ އެފަދަ އެތައް މައްސަލަތަކެއް ފެންމަތިވަމުންދާ ދިއުމުގައި މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވުމާއިއެކު، އެފަދަ ފަރާތްތައް ހައްޔަރުކުރާނެ ޤާނޫނީ ސަބަބުތަކެއް ނެތްކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.
އަދުގެ ސަރުކާރުން މިފަދަ ކަންކަންކަމަށް ބީރު ކަންފަތެއް ދީގެން އޮތުމުން ސަރުކާރަށް އެތައްބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޚާލިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ފަދަ ގަޓު ހުރި ލީޑަރަކު ވެރިކަމުގައި ހުންނެވި ނަމަ ލިވާތު އާންމު ނުވާނެ ކަމަށެވެ.
އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަންވީމަ ޤާނޫނީ ސަބަބު ނޭނގިގެން އެމަނިކުފާނު ނޫޅުއްވާނެ ކަމަށާއި، ފާހިޝް އަމަލުތައް ހިންގާ ފަރާތްތައް ތިބޭނީ ކުޑަ ގޮޅީގައި ކަމަށެވެ. އެހެން ނަމަވެސް މިއަދު ރާއްޖެ ފެންނަނީ ސަދޫމްގެ ސިފައިގައި ކަމަށް ޚާލިދު ވިދާޅުވިއެވެ.
ރައީސް ޔާމީން ފަދަ ގަޓު ހުރި ލީޑަރަކު ވެރިކަމުގައި ހުރި ނަމަ ލިވާތު އާންމު ނުވާނެ. އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަންވީމަ ގާނޫނީ ސަބަބު ނޭނގިގެން އެމަނިކުފާނު ނޫޅުއްވާނެ. ފާހިޝް އަމަލު ހިންގާ ފަރާތްތައް ތިބޭނީ ކުޑަ ގޮޅީގައި. އެކަމަކު މިއަދު ރާއްޖެ ފެންނަނީ ސަދޫމްގެ ސިފައިގަ
— Khalid Abdulla Ali (@khalid__SP) June 27, 2022
ރައީސް ޔާމީންގެ ވެރިކަން އެމްޑީޕީއިން އަނިޔާވެރިކަމުގެ ގޮތުގައި ސިފަކުރި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ހެދި މީހުންނާއި، އެއްޖިއްސުން ގުޅުން ހިންގުންފަދަ ޢަމަލުތައްކުރި މީހުންނަށް ވަނީ ބޮޑެތި އަދަބުތައް ދެވިފައެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެއް މޮޓޯ ކަމަށްވާ ތާހިރު ދިރިއުޅުން މިއަދު ދިވެހިން މުޑުދާރު ދިރިއުޅުން ގޮތުގައި ސިފަކުރަމުން ދާއިރު، އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުއަށް ކުރެވިފައިވާއިރު، ރައީސް ނަޝީދު އާއިއެކު އެމްޑީޕީގެ އިސް ފަރާތްތަކުން ދަނީ މި ޢަމަލު ދިފާޢު ކުރައްވަމުންނެވެ.
އެމްޑީޕީގެ އިސްވެރިންނަކީ މާޒީގައި ދިވެހި ރާއްޖޭގެ ޤަދަރުވެރި އެތަކެއް ބޭފުޅުންގެ އިސްތަށިފުޅުގައި އެއްޖިއްސުން ގުޅުން ހިންގާ ކަމުގެ ތުހުމަތު އަޅުވަމުން އައި ބައެކެވެ. އަދި ރައީސް ޔާމީން އާއި އެމަނިކުފާނުގެ އާއިލާގެ އެކި މެމްބަރުންނަށް އެމްޑީޕީ އިން ދިޔައީ މިފަދަ ތުހުމަތުތައް ކޮށް ފުރައްސާރަ ކުރަމުންނެވެ.
އެހެން ނަމަވެސް އޭގެން އެއްވެސް ބޭފުޅެއްގެ މިފަދަ މަންޒަރެއް ދިވެހިންނަށް ފެނިފައިނުވާއިރު، މިފަދަ ކަމެއް ސާބިތުވާނެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
Haadha vaahaka molhey
Furathama yamin akee thibunaa livaathu kulhieh
Yamin aa Rubeyl aa e kulhenee dhen kon kulhi vareh baa
Kaleymenah adhives rubel nufeneytha? Nazim sattar eothy rubel ge lagab hoadhan havaadhu fundan
ވެރިކަމުގަ ވަކިމީހަކުހުރެގެންތަ މީހުން ހަރާންކަންކަމައް އަރާގަންްނަނީ..؟
އަދި ތިމައްސަލަ މިސަރުކާރުން އަޅާނުލާދޫކޮއްލިނަމަ ވެރިންގޯސް ކުރެވިދާނެ..
މަށައް އަދިމާޖޯކު މިނޫހުން މިސަރުކާރާދެކޮޅުވިއަސް މިޒާތުގެ ތާކުން ތާކުން ނުޖެހޭމީހަކު ހަމަކޮއްލާ ޓްވީޓަކައް ޙަބަރެއް ހަދައި ގެނެސްދިނީމަ…
ޔާމިނުގެ ގަޓުކަމުން ތާރީޙުގަ ތިބުނާހެން އެންމެގިނަ މީހުން މަރާވެސް ލެވިގެންދިޔައީ.. 😂😂
thijooree kairee valhugandu gandu hunnaane dho
ރުބެލްއާއި ޔާމީންއާއި ދެމީހުން ވެރިކަމަށްލީމާ މަކުނު ބަލި ހުއްޓެވެ.ތިޔަ ޚާލިދަކީ ބްރާންޗެއް.