ޚަބަރު

ދައުރުވަމުންދާ ފޮޓޯތަކުގައި އެއީ އަޅުގަނޑު: ކާނަލް

މިއަދު މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ އެބޭފުޅާކަމަށް މުހަންމަދު ނަޝީދު (ކާނަލް ނަޝީދު) ވިދާޅުވެއްޖެއެވެ.

މިއަދު އާންމުވެފައިވާ ފޮޓޯތަކާއި ގުޅިގެން “ބޮންތި” އަށް ދެއްވި ބަސްދީގަތުމެއްގައި ކާނަލް ވިދާޅުވީ އެފޮޓޯތަކުން ފެންނަނީ އެބޭފުޅާ ކަމަށެވެ. އަދި އެއީ ކޮވިޑު-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން އޮތް ދުވަސްވަރު ހިނގާދިޔަ ކަމެއް ކަމަށެވެ.

ކަން ހިނގާދިޔަގޮތް ތަފްސީލްކޮށްދެއްވަމުން ކާނަލް ވިދާޅުވީ، ކޮވިޑު ދުވަސްވަރު ފޮޓޯނެގި ފަރާތުން އެބޭފުޅާއަށް ގުޅައި، ވިޔަފާރިއާއި ބެހޭގޮތުން މަޝްވަރާކުރުމަށް އެދުނު ކަމަށެވެ. އަދި އެއީ ބޯކޮށާތަނަކާއި، މަސާޖުޕާލާއެއް ހިންގާ ބައެއް ކަމަށް އެފަރާތުން ބުނި ކަމަށާއި، ބައްދަލުކުރަން އެދުނީ ކޮވިޑުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން މަޝްވަރާކުރުމަށްކަމަށް ބުންޏެވެ.

ކާނަލް ވިދާޅުވި ގޮތުގައި އެމީހުނާ ބައްދަލުކުރީ އެތައް ފަހަރަކު ގުޅައި ބައްދަލުކުރުމަށް އެދުމުންނެވެ. އަދި އެދުވަސްވަރު އެބޭފުޅާގެ އޮފީސްވެސް ބަންދުކޮށްފައި ހުރުމުން އެމީހުން ބުނި ތަނަކަށް ދިޔައީ ަކަމަށް ވިދާޅުވިއެވެ. އަދި އެތަނަށް ދިޔުމުން އެމީހުންގެ މަސާޖުޕާލާ ބަލާލަން ވަނުމަށް ހުށައެޅިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުރުވަމުންދާ ފޮޓޯތަކަކީ މަސާޖުޕާލާ ބަލާލަން ވަން ވަގުތު ނަގާފައިވާ ފޮޓޯތަކެއް ކަމަށް ކާނަލް ވިދާޅުވިއެވެ. އަދި އެތަނަށް ވަތް އިރު ތުވާލިގަނޑެއް އަނދެގެން ހުރި މީހަކު ހުރި ކަމަށާއި، މަސާޖެއް ބޭނުންތޯ އޭނާ އެހިކަމަށް ބުންޏެވެ. އެހެން ނަމަވެސް އެކަމަށް އިންކާރުކޮށް، އެތަން ދޫކޮށް ދިޔައީ ކަމަށް ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ މީގެ 3 މަސްކުރިން އެމީހުން ގުޅިކަމަށެވެ. އަދި 2 ލައްކަ ޑޮލަރު ނުދީފިނަމަ ފޮޓޯތައް ލީކު ކޮށްލާނެކަމަށަބުނެ، ބްލެކްމެއިލް ކުރިކަމަށެވެ. އެހެން ނަމަވެސް ފައިސާ ނުދޭނެކަމަށް ބުނެ، ލީކު ކޮށްލިއަސް ވަރިހަމަ ކަމަށް ބުނިން ކަމަށް ކާނަލް ވިދާޅުވިއެވެ.

އަދި އެއަށްފަހު އެކި ފަހަރުމަތުން ގުޅައި އެންމެ ފަހުން 50،000 ރުފިޔާ ދިނުމަށްވެސް އެމީހުން އާދޭސްކުރި ކަމަށް ވިދާޅުވިއެވެ. ކާނަލް ވިދާޅުވީ މިއީ އެބޭފުޅާގެ ސިޔާސީ ސަންދޯކިގައި ޖަހާނެ ފަހު މޮހޮރު ކަމަށް އެމީހުން ބުނި ކަމަށެވެ. އަދި މިކަން ދިމާވުމުގެ ދުވަސްކޮޅެއް ފަހުން ޕީޕީއެމުންވެސް ވަކިވީ ކަމަށާއި، މިކަމުގެ ސަބަބުން ރައީސް ޔާމީނާއި، ޕީޕީއެމަށް އެއްވެސް ގެއްލުމެއް ވުމަށް ނޭދޭކަމަށް ވިދާޅުވިއެވެ.
ކާނަލް އިތުރަށް ވިދާލުވިގޮތުގައި އެމަނިކުފާނު އިތުރަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާނީ އެމަނިކުފާނުގެ މައުސޫމަުކަން އަމިއްލަފުޅަށް ސާބިތުކޮށްދެއްވުމަށް ފަހުއެވެ.

މިދިޔަ ހަފްތާއިން ފެށިގެން މީސްމީޑައާގައި ދަނީ ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބައެއް ބޭފުޅުންގެ ކަމަށް ބެލެވޭ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް އާންމުވާން ފަށާފައެވެ. މިކަމާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ މި މައްސަލަތައް ތަހުގީގުކުރަމުންނެވެ. އެހެން ނަމަވެސް މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މިީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button