ޚަބަރު

ޔޯގާ ހަރަކާތް ހުއްޓުވުމާއި ގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފި

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން މިމަހުގެ 21 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ހުއްޓުވާލުމާއި ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން 2022 ޖޫން 25 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު (25އ) އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް (31އ) ކަމަށެވެ. އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިޢު 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވާއިރު ޝަބިމް އާދަމް ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ 10 ދުވަހަށެވެ.

މި މައްސަލއާއި ގުޅިގެން މިހާތަނަށް ޖުމްލަ 21 މީހުން ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button