ޚަބަރު

އެހެން މައްސަލަތަކަށްވުރެ ބޮޑަށް ދީނަށް ފުރައްސާރަކުރާ މައްސަލަތަކަށް ފުލުހުން ދޭ އަހަންމިއްޔަތުކަން މާބޮޑު: ފުލުހުން

އެހެން މައްސަލަތަކަށްވުރެ ބޮޑަށް ދީނަށް ފުރައްސާރަކުރުމުގެ މައްސަލަތަކަށް ފުލުހުން ދޭ އަހަންމިއްޔަތުކަން މާބޮޑު ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޒް މިފަދައިން ވިދާޅުވެފައިވަނީ ދާދިފަހުން ޓްވިޓާގައި ފޭކް އެކައުންޓަކުން އިސްލާމްދީނަށާއި ނަބިއްޔާ އަށް ފުރައްސާރަކޮށް އުޅުނު ފަރާތެއްގެ އައިޑެންޓިޓީ ދެނެގަނެވިފައިވަނިކޮށް އޭނާ ރާއްޖޭން ބޭރަށް ފުރުވާލުމާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރިޔާޒް ވިދާޅުވީ އެހެން އެއްވެސް ބާވަތެއްގެ މައްސަލައަކަށްވުރެ އިސްލާމްދީނަށަށް ތައުހީނު ކުރުމުގެ މައްސަލަތަކަށް ފުލުހުންދޭ އަހަންމިއްޔަތުކަން ކުޑަ ނުވާނެ ކަމަށާއި އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ހޯދަންޖެހޭ ކަންކަން ހޯދުމުގައި ލާ އެފޯޓްވެސް ކުޑަ ނުވާނެ ކަމަށެވެ.

”ދިވެހި ރާއްޖޭގައި އިސްކަންދެވޭކަމެއް ބޮޑެއްނުވާނެ ވަކި އިސްލާމްދީނަށް ފުރައްސާރަކުރުމާއި، ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމާއި، ނުވަތަ މާތް ރަސްކަލާނގެ އަށް ނިސްބަތްކޮށް ތައުހީނުގެ ބަސްތަކާއި، ޝިރުކުގެ ބަސްތައްފަދަ އިސްލާމްދީނަށް ޖުމްލަކޮށް ތައުހީނުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައްވުރެ އިނގޭތޯ.“ ރިޔާޒު ވިދާޅުވިއެވެ.

އެހެން ހުރިހާ މައްސަލަތަކަށްވުރެ ބޮޑަށް ދީނަށް ފުރައްސާރަކުރާ މައްސަލަތަކަށް ފުލުހުންދޭ އަހަންމިއްޔަތުކަން ބޮޑުވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

”އެހެން އެއްވެސް މައްސަލައަކަށްވުރެ ބޮޑަށް އެކަމަށް ފުލުހުންދޭ އަހަންމިއްޔަތުކަންވެސް ކުޑައެއްނުވާނެ.“ ރިޔާޒު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ރިޔާޒް ވަނީ މިފަދަ މައްސަލަތަކުގައި މީގެކުރިން މުއައްސަސާތަކުގެ އިހުމާލުން ފުރައިގެން ދިޔަ ނުވަތަ ފުރުވާލާފައިވާ ބައެއް ފަރާތްތަކުގެ މައްސަލަތައްވެސް ބަލާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

6 Comments

  1. އެއީތެދެއް ދީނަށްފުރައްސާ ކުރި މީހުންގެވާހަކަ ދައްކާ ކޮންމެމީހަކަށްވެސް އޮތްގޮވައް ޗަކީ ޖަލުގެ ކުޑގޮޅި

  2. ދީނަށްފުރައްސާކުރި ކިތައްމީހުންނަށް ކޯޓުއަމުރުޖަހާ ބަންދުކޮށްފިންތޯ އަދިި ކިތައްމީހުންނަށް ސަރިޢަތް ހިންގައިފިންތޯ އަހާލަންބޭނުން
    އަޅޭ ވާހަކަ މޮޅެއްނު

  3. ތިއަށްވުރެ ބޮޑުދޮގެއް މިޤަރުނުގައިވެސް ނަހަދާ، ކިތައް މީހުން މިއަދާހަމައަށް ހައްޔަރުކުރެވުނު، މަތީފަޑީގައި އެތިބީ ފުރައްސާރަކުރި ކިތައްމީހުން، އެއްވެސް މީހެއްގެ މައްސަރެއް ނުބެލޭ، އެމީހުން ޙިމާޔަތްކޮށް އިތުރަށް ބާރުވެރިކުރުން ނޫންކަމެއް ނުކުރެވޭ، ކޮބާ ޝަހިންދާ، ކޮބާ އެމްޑީއެންގެ މީހުންތައް، ކޮބާ ވެލިޒިނީ، އެއެންމެން އެތިބީ ފުރިހަމަ އިނާޔަތާ ޙިމާޔަތުގަ،

Leave a Reply to އާދަމް Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button