ޚަބަރު

ނާޒިމް ސައްތާރު ހައްޔަރު ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް: އޭސީޕީ ރިޔާޒް

އެއް ޖިންސުން ގުޅުން ހިންގާފައިވާ ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކޮށްފައި ނުވަނީ، އޭނާ ހައްޔަރުކުރަން ޖެހޭ ޤާނޫނީ ސަބަބެއް ނެތުމުން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ނާޒިމް ސައްތާރު ޖިންސީގުޅުން ހިންގި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރިޔާޒް ވިދާޅުވީ ހައްޔަރުކުރަންޖެހޭ ހާލަތުގައި ހުރި ނަމަ އޭނާ ހައްޔަރުކުރާނެ ކަމަށާއި، އެއްވެސް މީހެއްގެ ހައިސިއްޔަތަކަށް ނުވަތަ މަޤާމަކަށް ބަލައިގެން ހައްޔަރުކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

”މައްސަލަތަކުގަ މީހުން ހައްޔަރުކުރުމުގަ ބަލަނީ ޤާނޫނީ ސަބަބުތަކަށް. އެ ސަބަބުތައް އެ ގޮތަށް ހުރެއްޖެ ކަމަށް ވާ ނަމަ ނުވަތަ ބޭނުން ހުރެއްޖެ ނަމަ ހައްޔަރުކުރަންޖެހޭ މީހަކު ހައްޔަރުކުރާނެ.“ ރިޔާޒު ވިދާޅުވިއެވެ.

ނާޒިމް ސައްތާރު އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯ ލީކްކޮށްލުމާއިއެކު އެތައްބަޔަކު އަންނަނީ އެނާ ހައްޔަރު ކުރުމަށާއި، އޭނާގެ ވަކީލު ކަމުގެ ހުއްދަ ބާތިލްކުރުމަށް ގޮވާލަމުންނެވެ. އެހެންނަމަވެސް ހައްޔަރުކުރަން ތިބި ފަރާތްތަކުން ޤަބޫލު ކުރާގޮތުގައި ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުމަކީ ހައްޔަރު ކުރަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމެއްނޫންކަން މިއަދު ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުން މިވަނީ ހާމަވެފައެވެ.

3 Comments

Leave a Reply to ކުރެންދޫ ޙަސަން Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button