ޚަބަރުސިޔާސީ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އަލުން ފަށާނަން: ޑރ.މުއިއްޒު

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އަލުން ފައްޓަވާނެ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާއިލާތަކަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުދިންނަށް ހާއްސަ ވަޒީފާތަކެއް ދެއްވި ނަމަވެސް މިހާރު އެކަން ނުހިނގާ ކަމަށެވެ.

މީގެ އިތުރުން ޑރ.މުއިއްޒު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކުގައި އެކަށީގެންވާ ހިމަތްތައް މިހާރު ނުދެވޭ ކަމަށާއި ވަސީލަތްތައް ވެސް ނެތްކަން ފާހަގަކުރައްވާ އެމަނިކުފާނުގެ ވެރިކަމެއްގައި ކޮންމެ އަތޮޅެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭނެ ގޮތް ހަދަން ވައުދުވެވަޑައިގެންފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button