ޔޯގާ ހުއްޓުވުން އޭސީޕީ ރިޔާޒް ސިފަކުރެއްވީ ޝޮކެއްގެ ގޮތުގައި
މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުން ތަކާއި ގުޅިގެން ލިބުނީ ބޮޑު ޝޮކެއް ކަމަށްއެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅު ވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީޕީ ރިޔާޒް ވަނީ ޔޯގާޑޭގެ ޙަރަކާތް ހުއްޓުވުން އެއީ ލިބުނު ޝޮކެއްގެ ގޮތުގައިފާހަގަކުރައްވާފައެވެ.
މިކަމާއި ގުޅިގެން ނޫސްވެރިޔަކު ފަހުން ސުވާލު ކުރުމުން ރިޔާޒް ވަނީ އެވާހަކަ އަލުން ތަރުޖަމާކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ ޝޮކް ޖެހުންކަމަށް ދެންނެވުނީ އެދުވަހުގެ އިންތިޒާމްތައް ހަމަޖެހިފައިއޮތް ގޮތުން ނޫންކަމަށާއި، ބަޔަކު ކުއްލިއަކަށް އެތަނަށްހަމަލާދީ ހަރުކަށި ޢަމަލުތަކެއް ހިންގުމުންކަމަށެވެ.
އޭސީޕީ ރިޔާޒް މިފަދައިން ވިދާޅުވިނަވެސް އެދުވަހުގެ މަންޒަރުތަކަށްބަލާއިރު އެއީ ކަނޑައެޅިގެން ދޮގެއްކަން ހާމަވެއެވެ. ސަބަބަކީ އެދުވަހުގެ ހަމަ ނުޖެހުންހިނގީ ކުއްލިއަކަށް ނޫންކަމާއި، އެފުރުޞަތު ހުޅުވާލެވިފައިވަނީ ފުލުހުންގެ ސެކިޔުރިޓީ ބްރީޗް ވުމުގެ ސަބަބުންކަމާއި، އެއީ ފުލުހުންގެ ފެއިލިއަރއެއްކަމަށްވެސް މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ފުލުހުން އިޢުތިރާފް ވެފައިވާތީއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިމަހުގެ 21 ވަނަދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުން ތަކުގެ ތެރޭގައި ފުލުހުންގެ ސަފުތައް ފޫ އަޅުވާލުމަކީކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ ބޮޑު ސެކިޔުރިޓީ ބްރީޗެއް ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.