ޚަބަރު

އިސްލާމިކް މިނިސްޓްރީއަށް ނުފޫޒު ފޯރުވައިފި: ބިން ޖަނާބް

ކުރިން އިސްލާމިކް މިނިސްޓްރީ އިން ޔޯގާގެ ޙުކުމް ބަޔާންކޮށް ޕޮލިސް ކަމިޝަނަރަށް ފޮނުއްވާފައިވާ ސިިޓީގެ ބާރު ކަނޑުވައިލީވެސް އެ މިނިސްޓްރީއިން ކަމަށާއި, މިނިސްޓްރީއަށް ނުފޫޒު ފޯރުވައިފި ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޯގާއަށް ތާއިދުކުރި މައްސަލަ ފުލުހަށް ހުށައެޅުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަބްދުﷲ ވިދާޅުވީ މައްސަލަ ހުށައެޅުމާ ގުޅިގެން، އިސްލާމިކް މިނިސްޓްރީއަށް ނުފޫޒު ފޯރުވައިފި ކަމުގެ ޚަބަރު އައީ ކުރިން އިސްލާމިކްމިނިސްޓްރީ އިން ޔޯގާގެ ޙުކުމް ބަޔާންކޮށް ޕޮލިސް ކަމިޝަނަރަށް ފޮނުއްވާފައިވާ ސިިޓީގެ ބާރު ކަނޑުވާލުމަށް އަލުން އާ ބަޔާނަކާއެކީގައިކަމަށެވެ.

މި ޓްވީޓާއެކު އެބޭފުޅާވަނީ ކުރިން އިސްލާމިކް މިނިސްޓްރީއިން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގެ ފޮޓޯއެއް ހިއްސާކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީއިން ޔޯގާއަކީ ޙަރާމް ކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށްއެދި ޕޮލިސް ކޮމިޝަނަރު ހަމީދަށް ސިޓީ ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މި މަހުގެ 21 ވަނަ ދުވަހު ޔޯގާ ހަރަކާތް ކުރިއަށް ގެންދިޔުމަށްފަހު، މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން ވަނީ އެކަން ހުއްޓުވުމަށް އެދި ސިޓީއެއް ނުފޮނުވާ ކަމަށް ބުނެފައެވެ.

One Comment

Leave a Reply to Raseed Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button