ޚަބަރު

ސިޔާސީ ސަބަބަށް ދަރިންނާ ބެހުން ހުއްޓަންޖެހޭ: މާރިޔާ

ސިޔާސީ ސަބަބަށް ދަރިންނާއި ބެހުން ހުއްޓަންޖެހޭކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ނޫސްވެރިން މިހާރު މަސައްކަތްކުރަނީ ކޮންމެ ވާހަކައެއްގެ ތެރެއިން އެކަމަނާގެ ދަރިންނޭ ކިޔައިގެން ހެޑްލައިން ހެދުމަށް ކަމަށެވެ. އަދި ސިޔާސީ ސަބަބަށް ދަރިންނާއި ބެހުން ހުއްޓަން ޖެހޭކަމަށާއި، އެކަމަނާ ގަބޫލުކުރައްވާ ގޮތުގައި، މިއީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ މާރިއާ މިފަދައިން ވިދާޅުވެފައިމިވަނީ، އެކަމަނާގެ ދަރިކަލުން އައްފާން އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑީއޯއެއް ލިބިފައިވާ ކަމަށާއި، އެކަން ބެލުމަށް އިންޑިއާގެ ޓީމެއް ރާއްޖެ އައިސްފައިވާކަމަށް ބައެއް ނޫސް މަޖައްލާތަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.

އެކަމަނާގެ މި ޓްވީޓާއެކު ހިއްސާކުރި ފޮޓޯއަކުން ފެންނަ ގޮތުގައި، މިކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރ ވަނީ އެއްވެސް މީހަކު އެކަމަނާގެ ދަރިކަލުން ބްލެކްމެއިލް ނުކުރާ ކަމަށާއި، ދަރިކަލުންގެ އެއްވެސް ވީޑިއޯއެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button