ޚަބަރުވިޔަފާރި

ޝީޝާއިން އަނެއްކާވެސް އިތުރު ޕްެރޮމޯޝަނެއް

ހޮންޑާ ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓާ ޝީޝާ އިން ”ފްލޭޝް ޑީލް“ގެ ނަމުގައި މުޅިން ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ.

ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލު ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ، ޝީޝާއިން ކުރިއަށްގެންދާ މި ޕްރޮމޯޝަން 20 ދުވަހަށް ދެމިގެން ދާނެއެވެ. ޝީޝާއިން ބުނީ، މި ޕްރޮމޯޝަންގެ އެންމެ ފުރަތަމަ ސިލްސިލާ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އެއަށްފަހު 20 ދުވަހުގެ މުއްދަތަކަށް މި ފްލޭޝް ޑީލުން ކަސްޓަމަރުންނަށް ސައިކަލުތަކުން ޑިސްކައުންޓް ލިބޭނެކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެއްކޮށް ފައިސާ ދައްކައިގެނެވެ. އަދި ޝީޝާ އިންސްޓޯލްމެންޓް، އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، އަދި ބީއެމްއެލް އިސްލާމިކްގެ އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ފައިސާ ދައްކާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެކަމަށް ޝީޝާ އިން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ޑިސްކައުންޓް އަގުތަކުގައި ލިބޭނެ ސައިކަލުތަކަކީ ހޮންޑާ އެއާބްލޭޑް 125 2021 ބްލެކް އެޑިޝަންގެ ހުދު އަދި ނުލެވެ. އިތުރުން ހޮންޑާ އެއާބްލޭޑް 150 2021 ސްޕެޝަލް އެޑިޝަން، އަޅި ނުލެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button