ފުލުހުންނަށް އޮޅިގެން ޒުވާނެއްގެ ސައިކަލު ނައްތާލައިފި

ޒުވާނެއްގެ ސައިކަލު ހުޅުމާލެ އިން ޓޯ ކުރުމަށްފަހު ފުލުހުންނަށް އޮޅިގެން ނައްތާލެވިއްޖެއެވެ.
މުހައްމަދު ޒިޔާން ކުރި ޓުވީޓެއްގައި ބުނީ އެޕްރީލް މަހުގެ 7 ވަނަ ދުވަހު އޭނާގެ ސައިކަލު ޓޯ ކުރުމާގުޅިގެން އެމަހުގެ 24 ވަނަ ދުވަހު ސައިކަލު ނެރުމަށް ޓޯ ޔާޑަށް ދިޔަ ކަމުގައެވެ.
1/6:
My motorcycle has been lost after it was towed by the Hulhumale @PoliceMv on 7th April. I went to fetch it on 24th April, but couldn’t find it from tow yard, later on that day I was informed by the police that my cycle has been disposed by mistake, but it was a very new— mohamed ziyan (@mohamed44462239) June 25, 2022
ޓޯ ކުރިތާ މަހެއް ކުރިން މުޅިން އަލަށް ގަނެފައިވާ އެ ސައިކަލު ފުލުހުންނަށް އޮޅިގެން ނައްތާލިކަން އެނގުމުން އެ މައްސަލަ ހުށަހެޅުމަށް ޒިޔާނަށް ފުލުހުން އެންގި ކަން އޭނާ ފާހަގަކުރިއެވެ.
”މިއަދާ ހަމައަށްވެސް ސައިކަލު މައްސަލައަށް އިންސާފެއް ނުލިބުނު. ފުލުހުންގެ ބަސްމަގު ހުންނަނީވެސް ހަޑިގޮތަކަށް.“ ޒިޔާން ބުންޏެވެ.
ޒިޔާންގެ ސައިކަލުގެ އިތުރުން ޕޮއްތުގެ ނަމުގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ޓުވީޓު ކޮށްފައިވާ ޒުވާނަކު ބުނީ އެ އަހަރުގެ ޖަނުއަރީ 30 ވަނަ ދުވަހު ޓޯ ކުރި ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކުރުމަށްފަހު އެ ސައިކަލު މަގުމަތީގައި ހުއްޓާ ފެނިފައިވާ ކަމުގައެވެ. އަދި ރައްޔިތުންގެ އަގުބޮޑު މުދާ ޓޯކޮށްގެން ފުލުހުން ވިޔަފާރި ކުރަނީތޯ އޭނާ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ސުވާލު ކޮށްފައެވެ.
ސީޕީ ހަމީދު އާއި ފުލުހުންގެ ޓުވިޓާ އެކައުންޓު ޓެގުކޮށް އޭނާ ވަނީ އެ މައްސަލަ ބަލައިދީ ފުލުހުން އެއަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭނެކަމަށް ބުނެފައެވެ.