އެއްޖިންސުން ގުޅުން ހިންގި މައްސަލަ މަޖިލީހަށް ހުށަހަޅަން ނަޝީދު ފުރުސަތެއް ނުދެއްވި

މަޖިލީހުގެ ރައީސްގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯގެ މައްސަލަ މަޖިލީހަށް ހުށަހަޅަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފުރުސަތު ނުދެއްވުމުން ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި ނުރުހުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އިދިކޮޅު މެމްބަރެއް ކަމުގައިވާ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވަނީ ދެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާފައެވެ. އެއީ ރައީސް ނަޝީދުގެ ކޮއްކޮ އެއްޖިއްސުން ގުޅުން ހިންގި މައްސަލައާއި އޭގެ އިތުރުން ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތު ކުރެވިފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ މައްސަލައެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ނުދެއްވާ ނަޝީދު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ތުހުމަތެއް ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުޞަތު ދޭން ޖެހޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
އަދި ފޮޓޯގެ ޗެއިން އޮފް ކަސްޓަޑީ އުފެދިފައި އޮތްގޮތް ދެނެނުގަނެ އެއްވެސް މީހެއްގެ އަބުރަށް ގެއްލުންވާ ގޮތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަމެއް ކުރުން އެއީ މިރާއްޖޭގެ އުޞޫލުތަކާއި ހަމަތަކާއި ޚިލާފުކަމެއް ކަމަށެވެ.
ދެމައްސަލަ ބަލައިނުގަތުމަށްފަހު ނަޝީދު ދެއްވި ފުރުޞަތު ގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވަނީ ނަޝީދު މަޖިލިސް ގެންދަވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަން ފައްޓަވާފައެވެ. އަދި ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދެއްވާނަމަ މިނިސްޓަރާއި ސުވާލު ނުކުރައްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ނަޝީދު ބަލައިނުގަތް މައްސަލަ އަކީ ދިވެހިރާއްޖެފަދަ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގައި ފަހަކަށް އައިސް ކަންބޮޑުވާ މިންވަރަކަށް ލިވާތު ކުރުމާއި ގިނަ ބަޔަކު ބައިވެރިވެގެން ގުޅުން ހިންގުންފަދަ ބިރުވެރި ފާހިޝް އަމަލުތައް ގިނަވެ، މިފަދަ އަމަލުތައް ކުރަމުންދާކަން ވީޑިއޯތަކުން ފެންނަކަން ފާހަގަކޮށް މިފަދަ މުންކަރާތްތައް ހުއްޓުވަން ފިޔަވަޅުއަޅަން ސަރުކާރަށް ގޮވާލުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައެވެ.
އޭގެ އިތުރުން ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތު ކުރެވިފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ މައްސަލައެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު ދެ މެންބަރަކު ވަނީ ހައުސިންގް މިނިސްޓަރު އަސްލަމް އާއި ސުވާލު ކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެހެން ނަމަވެސް ދެ މެންބަރުންވެސް ވަނީ ނަޝީދުގެ ނިންމެވުން ޤާނޫނާއި ޚިލާފު ކަމަށް ވިދާޅުވެ މިނިސްޓަރާއި ސުވާލު ކުރައްވަން ދެކޮޅު ހައްދަވާފައެވެ.
ޕީޕީއެމްގެ މެންބަރުން މިއަދުގެ ޖަލްސާގައި ވަނީ ނަޝީދު މަޖިލިސް ކުރިއަށް ގެންދަވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި އަޑުއުފުއްލަވާފައެވެ. މެންބަރުން އަދު އުފުލުމާއިގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާ އިރުކޮޅަކަށް ވަނީ މެދުކަނޑާލާފައެވެ.
މި ދެމައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ނަޝީދު ދެއްވާފައިނުވާއިރު، އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ދެއްކެވި ވާހަކައިގައި ނަޝީދު ވަނީ އެއްޖިއްސުން ގުޅުން ހިންގުން ދިފާޢުކޮށް، މެމްބަރު އަނދުން ޙުސައިންގެ ބަދު އަޚްލާޤީ ޢަމަލުތައްވެސް ދިފާޢު ކުރައްވާފައެވެ.
ރައީސް ނަޝީދު ، އެ މުންކަރާތްތައް ދިފާއު ކުރެއްވި ކަމަށް ލިޔެފައި މިވަނީ، އޮޅުމެށް،