ޚަބަރު

ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

މާލޭގެ ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާ މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހޯދަމުންދިޔަ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) ގެ ބަންދަށް ކްރިމިނަލް ކޯޓުންް 15 ދުވަސް  ޖަހައިފިއެވެ.

އެ މައްސަލައިގައި އޭނާ ހޯދަން އިއުލާން ކުރުމުން، އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
ސަމީން ހޯދަން ފުލުހުން އިއުލާނުކުރީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދަނީ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެންނެވެ. މީގެ އިތުރުން ހައްޔަރުކުރި ސަމީންއަށް ޖިންސީ ގޯނާގެ ތުހުމަތު ވެސް ކުރެވެއެވެ.
ކްރިމިނަލް ކޯޓު އަމުރުގައި ވާގޮތުގައި، ސަމީންގެ މައްޗަށް ތުހުމަތު ކުރަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ބިރުދައްކައި، މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ޖިންސީ ގޯނާ ކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button