ޚަބަރު

ޔޯގާ އަކީ ކަސްރަތެއް: ރައީސް ނަޝީދު

ޔޯގާ އަކީ ދިވެހިންގެ އާންމު ދިރިއުޅުމުގައި އާންމުކޮށް ކުރާ ކަސްރަތެއް ކަމަށް ދޭހަވާ މޭރުމުން ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޕާޓީގެ މެންބަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ޔޯގާ ހެދުމާއި ކަސްރަތުކުރުމަކީ ހަރާމްކަމެއް ކަމަށް ބުނެ، ދިވެހިންގެ އާންމު ދިރިއުޅުމަށް ބުރޫއެރުވަން ފަށައިފިނަމަ، ދެން ދާނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމުހެ ސަބަބުން ދިވެހިރާއްޖެ ހަލާކުގެ ތެރެއަށްވެއްޓި އެހެން ގައުމުތަކުގެ ކުރިމަތީގައި ބާކީވެފައިވާ ގައުމަކަށް ވެދާނެކަމަށެވެ. އަދި އެފަދަ ހާލަތަކަށް ދިވެހިރާއްޖެ ދިޔަ ދީގެން ނުވާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުން އެދޭފަދަ ގައުމަކަށް އެމްޑީޕީން ދިވެހިރާއްޖެ ހަދައިދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ އެޕާޓީގެ އަމާޒު ކަމަށާއި، ކުރިއަށް އޮތް ތާނގައި ވެސް އެމަގުސަދު ހާސިލްކޮށްދޭނެ ޕާޓީއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމްޑީޕީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވެ ޔޯގާ ދިފާއުކޮށް ރައީސް ނަޝީދު ވާހަކަފުޅު ދައްކާފައިވީނަމަވެސް، އިސްލާމިކް މިނިސްޓްރީއިން ޔޯގާ އަކީ ހަރާމް ކަސްރަތެއް ކަމަށް ބުނެ އެހަރަކާތް ހުއްޓުވައިދިނުމަށް އެދި ފުލުހުންގެ ކިބައިން އެދިފައިވާ ސިޓީއެއް ވަނީ އާންމުވެފައެވެ. އަދި ދުނިޔޭގެ އެތައް އިލްމުވެރިންނެެއް ވަނީ އެއީ ޙަރާމް ކަމެއް ކަމަށް ފަތުވާ ދެއްވާފައެވެ. ވީމާ ރައީސް ނަޝީދު އެވިދާޅުވާ ސަލާމަތުގެ އައްސޭރައަކީ ހަރާމް ކަންކަމާއި ފާހިޝް މުންކަރާތްތަކުން ފުރިގެންވާ އައްސެރީއެއްތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

2 Comments

Leave a Reply to ހަސަނުގެ ދަރި ލަތީފް Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button