ޚަބަރު

ރައީސް ޔާމީން ފްރޭމް ކުރުމަށް އޭސީޕީ ރިޔާޒް ވާހަކަ ދައްކާ އޯޑިއޯއެއް ލީކު ކޮށްފި!

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އާއި ދެކޮޅަށް ހެކި ބަސް ދީފިނަމަ އިނާމެއްގެ ގޮތުގައި އަދަބު ލުއިކޮށްދިނުމުގެ ރިޝްވަތެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރ އަބްދުﷲ ޒިޔާތު އަށް އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ހުށަހެޅިކަން ހާމަވެއްޖެއެވެ.

ޗެނަލް 13 އިން މިއަދު މެންދުރު 13:45 ގައި ގެނެސްދިން ބްރޭކިން ނިއުސް އެއްގައި މި އޯޑިއޯ ވަނީ ހިއްސާކޮށްފައެވެ. އެއީ އޭސީޕީ ރިޔާޒު ފުއްގިރި މައްސަލައިގައި ހިމެނޭ އަހުމަދު ކުރިކު ރިޒާއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ލީކުވި އޯޑިއޯއެކެވެ.

އެ އޯޑިއޯގައި ރިޔާޒު ވިދާޅުވީ އެ މައްސަލައާއި ގުޅޭގޮތުން ހިނގި މުއާމަލާތްތަކެއް އެބަހުރި ކަމުގައެވެ.

”އަނެއް ސައިޑުގަ މިސާލަކަށް ޒިޔާތުއާ އަދީބުއާ މި މީހުންގެ…. އަޑު ސާފެއް ނޫން. ވަރަށް ކްލިއާ އިނގޭ… ދެން އޮތީ… މިހާރު.. ހުށަހެޅުން. 4 އަހަރު 5 އަހަރު ކަން ނޭނގެ ވީ އެފަހުން. މިހިސާބަށް އަންނައިރުގަ، މިހާރު ދެން ދައުވާކުރު………..އަޑު ސާފެއް ނޫން. މިއީ ހަމަ އެންމެ ރަށެއް. އަދި އެބަހުރި ބައިވަރު ރަށްތައް. އެހެންވީމަ ތަހުގީގަށް… ދައުލަތުގެ ފަރާތުން ޝަރީއަތަށް އެއްބާރުލުން… ދައުލަތުގެ ފަރާތުން.. ސާފެއް ނޫން.. ދެފަރާތުން ވާހަކަދައްކާ، ދޭ ލުޔަކީ ކޮބައިތޯއާ، އެކޮޅުން ދޭނެ އެހީތެރިކަމަކީ ކޮބައިތޯ އާ، އޭގެ ވެލިއު (އަގު) އަކީ ކޮބައިތޯ ބަލާފަ އޭގެ އަގު ބޮޑުކޮށް ހުރެއްޖެއްޔާ މިކޮޅުން ދޫކޮށްލާގޮތް ވެސް ބޮޑުވާނެ. މިއީ ވައްތަރެއްގެ ވިޔަފާރިއެއްތާ ދޯ. އަސްލު.. އަޑު ސާފެއް ނޫން.“ ރިޔާޒު ވިދާޅުވާ އަޑު އިވެއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމުގައި ރިޔާޒު އާއި އެއްކޮޅަށް ދައުލަތުން އޮތީ ބޭނުން ކަމެއް ކޮށްދޭ ގޮތަށް ކަމަށާއި ހާއްސަކޮށް އޭނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޯނުން ވާހަކަ ދެއްކުމަށްފަހު އެމަނިކުފާނުވެސް އެކަމަށް އިރުޝާދު ދެއްވި ކަމަށް ދޭހަވާގޮތަށް ރިޔާޒު ވަނީ ވާހަކަ ދައްކާފައެވެ.

”އަޅުގަނޑު ރައީސާ ގުޅައިގެން ވާހަކަ ދެއްކުމަށްފަހު….. އަޑު ސާފެއް ނޫން. ކޮމިޝަނުގެ ރައީސްއާ، އޭސީސީގެ ރައީސް.. އަޑު ސާފެއް ނޫން. އަޅުގަނޑުމެންގެ ޓެކްނިކަލް ލެވެލްގަ މަސައްކަތް ކުރާއިރު… އަޑު ސާފެއް ނޫން.. މިސާލަކަށް މީގަ ރިޒާ ދެއްވާނެ ކޮމިޓްމެންޓަކީ (އެހީތެރިކަމަކީ) ކޮބައިތޯ އަޅުގަނޑަށް އެނގިއްޖެއްޔާމު އަޅުގަނޑަށް އެނގޭނެ އޭގަ ކަޓް އޮފް ކުރާނެ (އުނިކުރާނެ)… އަޑު ސާފެއް ނޫން. މަނީ ލޯންޑަރިން ގާނޫނުގެ ދަށުން ދައުވާ މިކުރަނީ.. އަޑު ސާފެއް ނޫން… ތިކޮޅުގަ ހުރެދާނެ…. އަޑު ސާފެއް ނޫން..“ ރިޔާޒު ވިދާޅުވާ އަޑު އިވެއެވެ.

އަދީބުއާ ޒިޔަތުއަށް ރިޔާޒު ހުށަހެޅި ހުށަހެޅުން އޭނާ ވަނީ ކުރިކު ރިޒާއަށްވެސް ހުށަހަޅާފައެވެ. އެގޮތުން އެމައްސަލައިގައި ފުލުހުން ބޭނުންވާ ގޮތަށް ރިޒާ ބަޔާން ދީފިނަމަ، އޭނާއަށް ވެސް ފައިދާވާނެ ކަމަށް ދޭހަވާފަދަ މޭރުމަކުން ރިޔާޒު ވާހަކަ ދައްކާ އަޑު އިވެއެވެ.

ރިޔާޒުގެ އޯޑިއޯއުން ރައީސް ސޯލިހާއި އެމަނިކުފާނުގެ މުޅި ކޯލިޝަން ސަރުކާރުން ރައީސް ޔާމީނާ ދެކޮޅަށް ހެކި އުފަން ކުރުމާއި، ވަކިގޮތަކަށް ހެކިބަސް ދޭން ހިޔާނާތުގެ ކުށް ސާބިިތުވެފައިވާ ބަޔަކާ ޑީލް ހަދާކަން ހާމަވެގެން ދެއެވެ. އަދި ކޮންމެ ގޮތެއް ހަދައިގެންވިޔަސް ރައީސް ޔާމީން ޖަލަށް ލެވޭނެ ގޮތަކީ ކޮބައިތޯ ބަލައި، އެކަންކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަން ހާމަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button