ޚަބަރުސިޔާސީ

ރާއްޖެ ތެލަށް ޖެހެން ދެން މާގިނަ ދުވަހެއް ނެތް: ޝުޖާއު

ދިވެހިރާއްޖެ ތެލަށް ޖެހެން މާގިނަ ދުވަހެއް ނެތް ކަމަށް މާލެ ސިޓީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު، އަދި ޕީއެންސީގެ ނައިބްރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ރައްޔިތުންގެ އަތުގައިހުރި ފައިސާކޮޅު ފަހަށް ރައްކާކުމަށާއި، އުއްބައްތި ހޯދާފައި ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން މި ޓްވީޓުގައި ޝުޖާއު ވިދާޅުވީ ދިވެހިރާއްޖެ ތެލަށް ޖެހެން މާ ދުވަހެއް ނެތްކަމަށެވެ.

ޝުޖާއުގެ މި އިލްތިމާސަކީ ދިވެހި ރާއްޖޭގައި ތެލުގެ އަގު ބޮޑުވަމުން އައުމާއި ގުޅިގެން ކުރެއްވި ޓްވީޓެކެވެ. އެގޮތުން މީގެ 2 ދުވަސްކުރިން އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑު ކުރިކަން އެކުންފުނިން ހާމަކޮށް ނެރުނު ބަޔާނުގައި ވާގޮތުން ޕެޓްރޯލް ލީޓަރަކުން ވަނީ 1.95ރ. ބޮޑުވެފަ އެވެ. އަދި ޑީސަލް ލީޓަރަކުން ވަނީ 1.97ރ. ބޮޑުވެފައެވެ.

މިބަޔާނުގައި އެސްޓީއޯއިން އިތުރަށް ބުނެފައިވާ ގޮތުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ދެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 16.77 ރުފިޔާ އަށެވެ.

ދިވެހިރާއްޖޭގެ ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ، މި ބަދަލުތަކަކީ ރަޝިއާ-ޔޫކްރެއިން ހަންގުރާމައާއި، ކޮވިޑުގެ ސަބަބުން ދުނިޔޭގެ ބާޒަރަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމަވެސް މަޑުޖެހި، ދުނިޔޭގެ ހުރިހާ ގައުމެއްގައި ކޮވިޑުގެ ހާލަތު ރަނގަޅުވެ، ތެލުގެ އަގުވެސް ހެޔޮވަމުން އަންނައިރު، ރާއްޖޭގައި ތެލުގެ އަގާއި އަދި އެހެނިހެން ތަކެތީގެ އަގުވެސް އުފުލިގެން އަންނަ އައުމަކީ ސުވާލު އުފެދޭ ކަމެކެވެ.

One Comment

  1. ރާއްޖޭގެ ރައިޔަތުންގެ މެދުގައި ފިތުނަ ފަސާދަ ނޫއުފަށްދާ ކޮންމެ ވެސްއެހެން ކަމެއްކޮށް ލެވޭތޯ ބެލުންވަރަށް މުހިންމު ކަމެއް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button