ޚަބަރު

ނާޒިމާއެކު އެއްޖިއްސުން ގުޅުން ހިންގި ބަންގްލަދޭޝް މީހާ ފުރުވާލުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި އެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝް ޒުވާނާ އެމްޑީ އަލަމްގިރި ފުރުވާލުމުގެ މަސައްކަތް ފަށައިފިކަމަށް އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް ކަށަވަރު ކޮށްދީފިއެވެ.

މިކަމާއި ގުޅިގެން ނަންހާމަ ނުކުރުމަށްއެދި މި ނޫހަށް މަޢުލޫމާތު ދިން ފުލުހުންގެ އިންޓެލިޖެންސް ބޭފުޅަކު ވިދާޅުވީ އަލަމްގިރި ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.

އަލަމްގިރި ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފާސްކުރުމުގެ އަމުރު ހުޅުމާލެ ކޯޓުން ނެރެފައިވަނީ 25 ޖޫންގެ ހަވީރު 16:00 ގައެވެ. އަދި އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ފުލުހުން ވަދެފައިވަނީ ރޭ 9:30 އެހާކަށް ހާއިރެވެ. އެތަން ބަލާ ފާސްކުރުމަށްފަހު ސުވާލުކުރުމަށް އޭނާ ފުލުހަށް ގެންދިއުމަށް ފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

އެމްޑީ އަލަމްގިރި ދިރިއުޅެމުން ދިޔައީ ހުޅުމާލެ ފްލެޓް ނަމްބަރު 37 ގައެވެ.

މި މައްސަލާގައި ބިދޭސީ މީހާ ފިލައިގެން އުޅުމަށް އެހީތެރިވަނީ ފުލުހަކާއި އޭނާގެ ކޮއްކޮ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އަލަމްގިރި އަށް އެހީތެރިވާ ފުލުސް މީހާ އާއި އޭނާގެ ކޮއްކޮ އަލަމްގިރި ފުރުވާލުމަށް އޭނާގެ ޕާސްޕޯޓު ހެއްދުމަށްވެސް ވަނީ ހުށަހަޅާފައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް މިހާރު ފުލުހުންގެ އެދުމަށް ކޯޓުން ވަނީ އަލަމްގިރި ފުރުން މަނާކޮށްފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button