ޚަބަރު

އަނދުން ހުސެއިންގެ ދިފާއުގައި ރައީސް ނަޝީދު ނިކުމެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފުލުހަށް ގެންގޮސްގެން ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެބޭފުޅާގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރާއި ބައެއް ވަޒީރުންގެ ބޭނުމަށް އެމަނިކުފާނުގެ ކޮއްކޮއާއި އެމަނިކުފާނު ކަތިލި ނަމަވެސް އެމަިކުފާނުގެ އަޒުމެއް ނުގުޑާނެ ކަމަށެވެ. އަދި ނާޒިމް ސައްތާރު ޖަލަށްލިޔަސް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ފުލުހަށް ހާޒިރު ކޮށްގެން ނުވާނެ ކަމަށާއި، އެދެބޭފުޅުންނާއި ބެހިގެންވެސް ނުވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ކުޑަގޮޅިއަށް ލާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ލީކުވެފައިވާ ފޮޓޯއާއި، ވީޑިއޯތައް އާންމުކޮށްފައިވަނީ ފުލުހުން އެކަމުގެ އަޑީގައި ތިބެގެންނެވެ.

އަނދުން ހުސެއިން އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމަކީ އެމްޑީޕީގެ ރައީސް ސާލިޙް ފެކްޝަނަށް ނިސްބަތްވާ ދެބޭފުޅުންނެވެ. އަދި އެދެބޭފުޅުންވެސް މީގެ ކުރިން ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ. ވީމާ ރައީސް ނަޝީދު އެދެބޭފުޅުންގެ ދިފައުގައި ނުކުމެވަޑައިގަތުމުން ގިނަބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button