ޚަބަރު

މެންބަރުން ހާޒިރުކުރުމުގެ ކުރިން އަޅުގަނޑަށް އަންގަންވާނެ: ރައީސް ނަޝީދު

ތަހުގީގުކުރެވެމުންދާ މައްސަލަތަކާއި ގުޅިގެން އެއްވެސް މެންބަރަކު ހާޒިރުކުރާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކަން އަންގަވައިދިނުމަށް އެދިވަޑައިގެންފިއެވެ.

މިކަމަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެއްވެސް މައްސަލައެއްގައި ފުލުހުންގެ އިދާރާއަށް ރައްޔިތުންގެ މަޖްލީހުގެ މެންބަރަކު ހާޒިރުކުރާނަމަ، މަޖިލީގެ ރައީސަށް އަންގަވައިދެއްވުމަށް އެމަނިކުފާނު އެދިލައްވާ ކަމަށެވެ. މި ސިޓީގައި އިތުރު އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި މި ސިޓީއަކީ ދާދިފަހުން ލީކުވި ވީޑިއޯތަކާއި ގުޅިގެން މަޖިލީހުން ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ސިޓީއެކެވެ. އެގޮތުން ދާދިފަހުން ލީކުވި ބައެއް ވީޑިއޯ އާއި ފޮޓޯތަކުގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަންދުން ހުސައިން) ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އިތުރު ފިރިހެނަކާއި އަންހެނަކާއެކު އޮއްވައި ފެނެއެވެ. އަދި އިތުރު ވީޑިއޯއެއްގައި އެހެން ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

މި މައްސަލަތައް މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނައިރު އަދި މިހާތަނަށް އެއްވެސް މެންބަރަކު ފުލުހަށް ހާޒިރުކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ދެ މެންބަރުންވެސް ވަނީ ތުހުމަތުތައް ދޮގުކޮށް މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

One Comment

Leave a Reply to ބުލްބުލް Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button