ޚަބަރުސިޔާސީ

ހުޅުމާލޭގެ ގިނަ މުނިސިޕަލް ޚިދުމަތްތައް ދެނީ ވިޔަފާރި އުސޫލުން: ސައިފް ފާތިޙް

ހުޅުމާލޭގައި އެޗްޑީސީ އިން ދެމުން އަންނަ ގިނަ މުނިސިޕަލް ޚިދުމަތްތައް ދެމުން އަންނަނީ އެފަދަ ޚިދުމަތެއް ދޭން ޖެހޭ އުސޫލުން ނޫން ކަމަށާއި އެކަން އެޗްޑީސީއިން ކުރަނީ ވިޔަފާރި އުސޫލުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިޙް ވިދާޅުވެއްޖެ އެވެ.

ކައުންސިލްގެ 38 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ދެމުންދާ ގޮތާއި މެދު ސައިފް ވިދާޅުވީ ހުޅުމާލޭގެ  މަގުތަކުގެ މަސައްކަތް ތަކާއި ކުނިނެގުން ފަދަ ގިނަ ޚިދުމަތްތައް އެޗްޑީސީއިން ދެމުން ގެންދަނީ މުނިސިޕަލް ޚިދުމަތްދޭ އުސޫލުން ނޫން ކަމަށާއި އެކަން ހިނގަމުންދަނީ ވިޔަފާރިވެރި ބާވަތަކަށް، ޕްރޮފިޓް މޯޓިވަށް ކަމަށެވެ.

”ހުޅުމާލޭގައި މަގުތަކާއި، ކުނިނެގުމާއި މިހެންގޮސް ކިތަންމެ ކަމެއްހުރީ މުނިސިޕަލް ޚިދުމަތްދޭ އުސޫލަކުންނެއް ނޫން. ވިޔަފާރިވެރި ބާވަތަކަށް، ޕްރޮފިޓް މޯޓިވަށް.“ ސައިފް ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް އެޗްޑީސީ އިން ކުރަނީ ވަރަށް އަގުބޮޑުކޮށް ކަމަށާއި އެހެން ނަމަވެސް ނަތީޖާ އަކީ ހުސް ޝަކުވާ ކަމަށް ސައިފް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ދޭން ފެށޭނީސަރުކާރުން އެކަމަށް ދެއްވަންޖެހޭ ބަޖެޓް ދެއްވައިގެން ކަމަށް މާލެ ސިޓީގެމޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް މާލެ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ސަރުކާރުގައި އެދުމަށް

މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 38 ވަނަ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button