ޚަބަރުސިޔާސީ

ދޮގު ހަދަންޔާ ދައުވާ ކުރާނަން: ފަލާހު

އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހު ކަމަށް ލަފާކުރެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފިރިހެނެއްގެ ގައިގައި ތެޔޮ ދަމައިދޭ ވީޑިއޯއެއްގެ ހަބަރު ރިޕޯޓު ކުރުމާގުޅިގެން ދައުވާ ކުރާނެ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ”ވަގުތު“ ނޫހުން ރިޕޯޓުކުރިގޮތުގައި ”ދުވަސް“ ނޫހާ ދެކޮޅަށް ދައުވާ ކުރަން ފަލާހު ވަނީ ނިންމާފައެވެ. އަދި ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ”ވަގުތު“ ނޫހުން ބުންޏެވެ.

”ދުވަސް“ ނޫހާ ދެކޮޅަށް ދައުވާ ކުރަން ފަލާހު ނިންމެވިއިރު، އެއީ ސީދާ ފަލާހުކަން އެ ނޫހުން ކަށަވަރެއް ނުކޮށްދެއެވެ. އެ ނޫހުން ރިޕޯޓު ކުރީ އޭނާ ކަމަށް ބެލެވޭ މީހެއް ފިރިހެނެއް ގައިގައި ތެޔޮދަމައިދޭ މަންޒަރު ފެންނަ ކަމުގައެވެ.

ފަލާހުގެ މައްޗަށް މީސް މީޑިއާގައި ކޮށްފައިވާ ތުހުމަތާއި އަދި ވީޑިއޯގައި އެއީ ފަލާހު ކަމަށް އެ ވީޑިއޯ ލީކު ކޮށްލި މަސްދަދުން ހާމަ ކުރުމާ ގުޅިގެން ”ބޮންތި“ ނޫހުން ވެސް ވަނީ އޭނާގެ ބަހެއް ލިބޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން ފަލާހަށް ރޭ ގުޅުމުން އޭނާގެ ނަމްބަރު ވަނީ ނިއްވާލައިފައެވެ. އަދި ޓެލެގްރާމް، ވަޓްސްއެޕްއިން މެސެޖްކުރުމުންވެސް ފަލާހް ޖަވާބެއް ނުދެއްވިއެވެ.

އެއް ޖިންސުން ގުޅުން ހިންގާ ގިނަ ވީޑިއޯތަކެއް ލީކުވަމުން އަންނަ ދަނޑިވަޅެއްގައި އެ ވީޑިއޯއިން ފެންނަ ކަމަށް ބެލެވޭ ބައެއް މީހުންގެ މީސް މީޑިއާ އެކައުންޓުތައް ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. އޭގެ ތެރޭގައި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button