ޚަބަރު

ދުވަހަކުވެސް ސީރިއާއަށް މީހުން ނުފޮނުވަން: އަލީ ރަމީޒް

ދުވަހަކުވެސް ހަނގުރާމަ ކުރުމަށް ސީރިއާއަށް މީހުން ފޮނުވާފައިނުވާނެ ކަމަށް ދީނީ ޕްރޮގްރާމްތައް ހުށަހަޅައިދެމުން އަންނަ އަލީ ރަމީޒް ވިދާޅުވެއްޖެ.

އަލީ ރަމީޒް މިހެން ވިދާޅުވީ ކްލަބް ހައުސްގައި، އޭނާ އަކީ ޓެރެރިޒަމް އަށް ހިތްވަރުދީ ހަނގުރާމައަށް މީހުން ރެކްރޫޓް ކުރާމީހެކޭ ބުނެ ދެކެވެމުންދާ ވާހަކަތަކާއި ބެހޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަލީ ރަމީޒް ވިދާޅުވީ ޖަމްޢިއްޔަތުއް ސަލަފުން ހަނގުރާމައަށް މީހުން ފޮނުވާ ވާހަކައާއި، ފަންޑުުކުރާ ވާހަކައަކީ ދެކެވޭ ވާހަކަތަށް ކަމަށާއި، ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.

”އެއީ ހުސް ތުހުމަތުތަކެއް ނޫންތޯ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ފޯނުން ދައްކާ ހުރިހައި ވާހަކަތަކާއި، މެއިލް ތުރޫކޮށް ދެކެވޭ ވާހަކަތަކާއި، އެ ހުރިހައި ވާހަކަތައް ބަލަން ބޭނުންވާ ބަޔަކަށް ބެލޭނެ. ތި ސުވާލުގެ ޖަވާބު ވަރަށް ސިމްޕަލް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކީ ދުވަހަކު ވެސް އެފަދަކަމެއް ކުރި މީހެއް ނޫނޭ.“ އަލީ ރަމީޒް ވިދާޅުވިއެވެ.

އަލީ ރަމީޒް އިތުރަށް ވިދާޅުވީ އޭނާ ސީރިއާއަށް މީހުން ނުފޮނުވާކަމަށް މަތިވެރި ރައްބު ގަންދީ ހުވާކުރާ ކަމަށެވެ. އެގޮތަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެތް އޮތް ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button