ޚަބަރުސިޔާސީ

އަމްރު ވަކިކުރީ ޤަވާއިދާއި އެއްގޮތަށް: ޕީސީބީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ކަމުގައި ހުރި ޙުސައިން އަމްރު ރަޝާދު އެ މަގާމުން ވަކިކުރީ ޤަވާއިދާޢި އެއްގޮތަށް ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނެފިއެވެ.

އަމްރު ވަކިކުރުމަށް ނިންމާފައިވަނީ ރައީސް އިބްރާހީމް ސާލިހާއި ދެކޮޅަށް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއެކު މަސައްކަތްކުރަމުން ގެންދާތީ ކަމަށް އަޑުފެތުރިފައިވަނިކޮށް ޕީސީބީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަންކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ، ”ދައުލަތުގެ ވިޔަފާރިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުން އަދި މޮނީޓާކޮށް އިވޭލުއޭޓް ކުރުމުގެ ޤާނޫނު“ގެ ދަށުން އެ ބޯޑުން އެކުލަވާލާ ފާސްކުރި އުސޫލާ އެއްގޮތަށް ކަމަށެވެ.

އެ އުސޫލު އެކުލަވާލީ އެ ބޯޑުން 2013 ވަނަ އަހަރު އެ ބޯޑު ފުރަތަމަ އެކުލަވާލެވުނު ދުވަހުން ފެށިގެންވެސް އަމަލުކުރަމުން އައި މައިގަނޑު އުސޫލުގެ އަސާސްތަކަށް ބިނާކޮށް، އިތުރަށް ހަރުދަނާކުރުމަށް ފަހު، އެ ބޯޑުން މިހާރު ޢަމަލުކުރަމުން އަންނަ އުސޫލެއްގެ ގޮތުގައި ކަމަށް ޕީސީބީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ ބޯޑުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހުރިހާ ހިއްްސާދާރުންނާއި ދައުލަތުގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެކަން ކަށަވަރުވާނެހެން، މިނިވަންކަމާއި މުސްތަޤިއްލު ކަންމަތީގައި ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ފީސީބީން ބުނީ ކުރިއަތް އޮތް ތަނުގައި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ޤަވާއިދާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެ ކަމަށާއި އަދި ކުރިއަށްއޮތް ތަނުގައިވެސް އެ ބޯޑުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ ޤާނޫނާއި ޤަވާއިދާއި ޚިލާފުނުވާނެ ފަދައިން ކަމަށެވެ.

އަމްރު ވަކިކުރުމާއިގުޅިގެން  ރައީސްއޮފީހުން ބުނީ އަމްރު މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނައުމުގެ ގޮތުންކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button