ޚަބަރު

ސަރުކާރުގެ އިދާރާތަކަށް ޝެއިޚް ސަމީރުގެ ވަރުގަދަ އިލްތިމާސެއް!

މަޝްޙޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ސަމީރު އަޙްމަދު ސަރުކާރުގެ އިދާރާތަކަށް ވަރުގަދަ އިލްތިމާސެއް ކުރައްވައިފިއެވެ.

ޝެއިޚް ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ދިވެހި ފުލުހުންނާއި ސިފައިންނާއި، ޖުޑިޝަރީއާއި، ދައުލަތަށް ލިބިފައިވާ މާލީ އަދި ފަންނީ ހުރިހާ ވަސީލަތެއް އޭގެ އެންމެ މަތީދަރަޖައިގައި ބޭނުންކޮށްގެން ކީރިތި ރަސޫލާ (ސ.އ.ވ) އަށް ކުޑައިމީސްކޮށް ފުރައްސާރަކުރި މީހާ ޢަދުލު އިންޞާފުގެ ކުރިމައްޗަށް ގެންނަންވީ ވަގުތުކަމަށެވެ.

މީގެ އިތުރުން ޝެއިޚްގެ މި ޓްވީޓުގައި އިތުރަށް ވިދާޅުވީ އެމް.ޑީ.އެން އިން ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް، އެޖަމުއިއްޔާއިން ވަކިވުމުން ނުވަތަ ފުރައިގެން ދިއުމުން އެބަޔަކު ހުދުކާފޫރަށްވެ، ނުވަތަ ފުރައްސާރަކޮށްފައި ޓުވީޓަރ އެކައުންޓް އުވާލުމުން އެމީހަކު ސަލާމަތްވާ އުސޫލަކީ މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދިނުން ކަމުގައި ނޫނީ ނުވާނެކަމަށެވެ.

ޝެއިޚް ސަމީރު ވިދާޅުވީ މިއީ މުޖުތަމައުގެ އަމަން އަމާންކަން ގެއްލުމުގެ އެންމެ ބޮޑު ސަބަބު ކަމަށެވެ.

މިދުވަސްވަރަކީ ދިވެހިރާއްޖޭގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އާންމުވެ، އެތައް ފާހިޝް އަމަލްތަކެއް ފެންމަތިވަމުންދާ ދުވަސްވަރެކެވެ. އަދި މިފަދަ ނުބައި ހަޑިމުޑުދާރު އަމަލުތަކިގެ އަޑީގައި ތިބީ ސަރުކާރުގެ އިސްވެރިންނަށް ކަމަށްވާއިރު، މިހާތަނަށް މިފަދަ އަމަލެއްގައި އެއްވެސް މީހަކު ހައްޔަރު ކުރެވިފައެއް ނުވެއެވެ.

ދާދިފަހުން ހުސެއިން ޝައިހާން ކިޔާ މީހަކު ކީރިތި ރަސޫލާއަށާއި، އެކަލޭގެ ފާނުގެ އަނބިކަނބަލުންނަށް ފުރައްސާރަކުރިކަން ސާބިތު ހެއްކާއެކު ހާމަވުމުންވެސް، ކަމާބެހޭ އިދާރާތަކުގެ މާބޮޑު އަޅާލުމެއް ނެތި، އޭނާ ފުރައިގެން ދިޔައީއެވެ. އަދި ޝެއިޚް ފާހަގަކުރެއްވި އެމް.ޑީ.އެން ޖަމާއަތުގެ އިސްވެރިން ސަރުކާރުގެ މަތިފަޑީގައި ތިބިއިރު، ވުމަންސް ހޯޕް ޖަމުއިއްޔާއިންވެސް ދާދިފަހުން ވަނީ އިސްލާމީ ޝަރީއަތާއި ފުށޫއަރާ ރިޕޯޓެއް ނެރެފައެވެ. ހަމަ އެހެންމެ ދާދިފަހުން ވަނީ ގަލޮޅު ދަނޑުގައި ފާޅުގައި ޝިރުކުގެ އަމަލު ކުރުމުގެ ހުއްދަވެސްދީފައެވެ.

އެހެން ނަމަވެސް މީގެން އެއްވެސް މައްސަލައަކަށް އެކަށޭނަ ފިޔަވަޅެއް އެޅިފައި ނެތް ތާނގައި، އެއްވެސް ފަރާތަކަށް އަދަބެއްވެސް ދެވިފައެއް ނެތެވެ. ވީމާ ޝެއިޚްގެ މި އިލްތިމާސަކީ ހުރިހާ ދިވެހި ރައްޔިތުންވެސް ފިކުރު ހިންގާލުން މުހިންމު، ވަރުގަދަ އިލްތިމާސެކެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button