ޚަބަރު

އިސްރާއިލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

އިސްރާއިލުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ ކުންފުންޏެއް ކަމުގައިވާ ކަމިނޯސް އިން އިސްރާއިލާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ކުރުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ. އޮކްޓޯބަރުމަހުގެ 4 ވަނަ ދުވަހާހަމައަށް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު މި ފްލައިޓުތައް ދަތުރުކުރާނެއެވެ. މި ދަތުރުތަކުގެ އަގު ފެށިގެންދާނީ 995 ޔުއެސް ޑޮލަރުންނެވެ. އަދި ދަތުރުތަޢް ކުރުމަށް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެއާ ސީޝަލްސްގެ މަތިންދާބޯޓްތަކެވެ.

ކަމިނޯސް އިން އިތުރަށް ހާމަކޮށްފައިވާގޮތުގައި ރާއްޖެއަކީ އިސްރާއިލުގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ބޭނުންވާ މަންޒިލްތަކުގެ ތެރެއިން ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ އެއްގައުމެވެ. ނަމަވެސް އިސްރާއިލުގެ ފަތުރުވެރިން ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ދަތުރު ކުރުމަކީ ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. މި ދަތުރުތަކުގެ ސަބަބުން އިސްރާއިލުގެ ފަތުރުވެރިންނަށް ރާއްޖެ އައުމަށް އެތަކެއް ލުއިފަސޭހަ ތަކެެއް ލިބިގެންދާނެ ކަމަށް ވެއެވެ. ކުރިން ރާއްޖެ އައުމަށްޓަކައި ދުބާއީ ނުވަތަ ސީޝެލްސް ފަދަ ގައުމަކަށް ކުރާ ދަތުރުތައް ނުކޮށް ސީދާ ރާއްޖެއަށް އާދެވޭނެއެވެ. މީގެ އިތުރުން ރާއްޖެ އަންނަ އިސްރާއިލުގެ ފަތުރުވެރިންނަށް ކަމިނޯސް އިން ހާއްސަ ޕެކޭޖްތަކެއް ހަމަޖައްސައިފައިވާނެ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އިސްރާއިލުން ރާއްޖެއާއި ދެމެދު ސީދާ ދަތުރުތަކެއް ކުރުމަށް ނިންމާފައި މިވަނީ ފަލަސްތީނުގެ ރައްޔިތުންނާއިމެދު އިސްރާލުން ހިންގަމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އިސްރާއިލުގެ އުފެއްދުންތަކާއި ފަތުރުވެރިން ބޮއިކޮޓްކުރުމަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން އަޑުއުފުލަމުންގެންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button