އިތުރު ބަޔަކާއެކު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ބަރަހަނާ ހާލުގައި އޮތް ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މިއީ ސޯޝަލް މީޑިއާގައި ލީކު ކޮށްލާފައިވާ ފޮޓޯއަކާ ގުޅިގެން ބަލަމުންދާ މައްސަލައެކެވެ. އެ ފޮޓޯގައި ފެންނަނީ (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހަކު، އިތުރު އަންހެނަކާއި ފިިރިހެނަކާއެކު ބަރަހަނާ ހާލުގައި އޮންނަ މަންޒަރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ބަރަހަނާ ހާލުގައި އޮތް ކަމަށް ބުނާ މައްސަލަ އެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަނދުން ހުސައިން ހައްޔަރުކުރުމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ގޮވާލައިފައެވެ.
މިކަމާ ގުޅިގެން ”ބޮންތި“ ނޫހުން އަނދުން ހުސައިންއަށް ގުޅޭތޯ ކުރިމަސައްކަތުން ފޯނަށް ޖަވާބު ނުދޭތީ އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ވެސް އިއްޔެ ވަނީ ލީކުކޮށްލައިފަ އެވެ.