ޚަބަރު

ޑރ އިޔާޒަށް ހަރާމްވީ އެއްޖިންސުން ގުޅުން ހިނގާތަން ފެންނަ ފޮޓޯ އާންމުކުރުން. އެ އަމަލެއް ނޫން!

އެއް ޖިންސުން ގުޅުން ހިންގުމަކީ ހަޑިމުޑުދާރު އަމަލެއް ކަމަށާއި، އެފަދަ މަންޒަރުތައް ދައްކައިދޭ ފޮޓޯ އާއި ވީޑިއޯ އާންމު ކުރުމަކީ ހަރާމްކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވުމަށްފަހު ވަނީ އަންކަބޫތް ސޫރަތުގެ 29 ވަނަ އާޔަތާއި، އަޢްރާފް ސޫރަތުގެ 80 ވަނަ އާޔަތުގެ މާނަ ހިމެނޭ ފޮޓޯއެއް ހިއްސާކުރައްވާފައެވެ.

އިޔާޒުގެ މި ޓްވީޓުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ޙުކުމް ބަޔާންކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އެފަދަ މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯ އާންމު ކުރުމަކީ ޙަރާމް ކަމެއް ކަމަށް ވިދާޅުވިއެވެ.

ޑރ. އިޔާޒް ގެ މި ޓްވީޓުން ދޭހަވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ފޮޓޯއާއި ވީޑިއޯ އާންމު ކުރުމަކީ އެ އަމަލަށްވުރެ ނުބައި ކަމަކެވެ. ބެލެވޭ ގޮތުގައި ޑރ. އިޔާޒް މި ޓްވީޓު ކުރެއްވީ، ކުރީގެ ރައީސް އަދި މަޖްލީހުގެ ރައީސް މުޙަންމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމު ވުމާއި ގުޅިގެންނެވެ.

ޑރ. އިޔާޒް މިހާތަނަށް ވަނީ ސަރުކާރުން ކުރާ ދީނާ ފުށޫ އަރާ ކަންކަން ދިފާއުކޮށް، ދީނުގެ ބައެއް ޙުކުމްތައްވެސް ފައުޅުގައި އޮޅުވާލަން މަސައްކަތްކޮށްފައެވެ. ޑރ. އިޔާޒްގެ މި ޓްވީޓަކީވެސް ރައީސް ނަޝީދުގެ ކޮއްކޮގެ ދިފާއުގައި ކުރި ޓްވީޓަކަށް ވުމަކީ އެކަށީގެންވާކަމެކެވެ.

6 Comments

  1. ފޮޓޯއާއި ވީޑިއޯ ޢާންމުކުރުމުން އެކަން އެކަން އިޔާޒަށް ޙަރާމް ވެއްޖެ. ނަމަވެސް އެފާހިޝް ނުބައި ޢަމަލު ޙަރާމެއްނުވި. ވެދާނެ އެފާހިޝް ޢަމަލު ހިންގިބަޔަކު އެކަންކުރީ ހެޔޮނިޔަތުގައި ކުރިކަމަކަށްވާތީ ޙަރާމްނުވީކަމަށް.

Leave a Reply to Halaaku Cancel reply

Your email address will not be published. Required fields are marked *

Back to top button