ޚަބަރުކުޅިވަރު

އިސްދޫ ކައުންސިލްގެ ޓީމުން އެލްވައިޑީ ލަދުގަންނަވާލައިފި

ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސެލް ޗެލެންޖު 2022 އިން އެލްވައިޑީ ކެޓުމާގާތަށް ހިނގައްޖެއެވެ.

މި މުބާރާތުގައި މިރޭ އެލްވައިޑީގެ ޓީމާއި އިސްދޫ ކައުންސިލްގެ ޓީމާ ވާދަކުރި މެޗުން އިސްދޫ ކައުންސިލްގެ ޓީމް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައެވެ.

މި މެޗު އިސްދޫ ކައުންސިލްގެ ޓީމުން ކާމިޔާބު ކުރީ 6 ލަނޑު އެލްވައިޑީ ޓީމް ކޮޅަށް ޖަހައިގެންނެވެ. މެޗުގެ ވަގުތު ހަމަވިއިރު އެލްވައިޑީ އަށް ޖެހުނީ އެންމެ 2 ލަނޑެވެ.

އިސްދޫ ކައުންސިލްގެ ޓީމްގައި ހިމެނެނީ މުޅިންވެސް އެރަށުގެ ޒުވާނުންނެވެ. އެހެން ނަމަވެސް އެލްވައިޑީ ޓީމަށް ވަނީ މާލެއިންނާ ރާއްޖޭގެ އެކި ކަންކޮޅުތަކުން މޮޅެތި ފުޓްސެލް ކުޅުންތެރިން ގެންގޮސްފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ރާއްޖޭގެ ފުޓްސެލް ގައުމީ ޓީމްގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) އެވެ. މި މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ބޮޑެތި ހަރަދު ތަކެއްވެސް އެލްވައިޑީ ޓީމުން ކުރިއެވެ.

އެލްވައިޑީ ޓީމުން މި މުބާރާތުގައި މިރޭ ވި ބައްޔާއިއެކު ދެން ޖެހޭނީ މާދަމާގެ މެޗަށް އިންތިޒާރު ކުރާށެވެ. މިމެޗުގައި ބައްދަލު ކުރާނީ އިސްދޫ ކައުންސިލްގެ ޓީމާއި ހަފެލޭ އެފްސީ އެވެ. މި މެޗުގައި އިސްދޫ ކައުންސިލުން ހަފެލޭ އެފްސީ ބަލިކޮށްފިނަމަ އެލްވައިޑީ މުބާރާތުން ކަޓާނެއެވެ.

ލ.ފޮނަދޫގައި ކޮންމެ އަހަރަކުމެ ބާއްވަމުން އަންނަ ފުޓްސެލް ޗެލެންޖު މުބާރާތުގައި އެރަށުގެ ގިނަ އަދަދެއްގެ ޒުވާންނުގެ ބައިވެރިވުން އަންނަނީ އަހަރެއް އަހަރަކަށް އިތުރުވަމުންނެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button