ޚަބަރު

ޕީޖީ ޝަމީމް ވިދާޅުވަނީ ގިޔާމާތް ދުވަހުން އެންމެނަށްވެސް އިންސާފު ލިބޭނެ ކަމަށް

ދުނިޔެ ނިމި، ގިޔާމަތް ނިމޭނީ، އެންމެނަށް އިންސާފު ގާއިމުވެގެންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިފަދައިން ވިދާޅުވީ އޭނާ އާންމުކުރެއްވި ލިޔުމެއްގައެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި އަދުލު އިންސާފުގެ މަފްހޫމަކީ، އެކި ގޮތްގޮތަށް މާނަކުރެވޭ ޝައުގުވެރިކުރަނިވި އެއްޗެކެވެ. ޝަމީމްގެ ރަސްމީ ވަޒީފާއަކީ އިންސާފު ގާއިމުކުރުން ކަމަށްވީ ހިނދު، އެކި މީހުންނަށް އިންސާފު ލިބޭ މިންވަރާއި ނުލިބޭ މިންވަރާއިމެދު ވަރަށް ވިސްނަވައި ފިކުރުކުރައްވާ ކަންވެސް ފާހަގަކުރެއްވިއެވެ. 

ޝަމީމް ވިދާޅުވިގޮތުގައި ޕީޖީގެ ހައިސިއްޔަތުން ގާއިމުކުރަންޖެހޭ އިންސާފު ލިޔެފައި އޮތީ ގާނޫނުތަކާއި، ގަވާއިދުތަކުގައި ކަމަށް ވިޔަސް އެއީ އޭނާ ގަބޫލު ކުރައްވާ ހަމަތަކެއް ނޫނެވެ. 

“ރައްޔިތުންގެ ފަރާތުން، ގާއިމުކުރަންވީ އިންސާފަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގަ.“ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ މައްޗަށް އޮންނަ އިންސާފަކީ އޭނާ އާއި، ފުލުހުންނާއި، ފަނޑިޔާރު، ނުވަތަ ގާނޫނު ތަންފީޒުކުރާ އެހެން ފަރާތެއް ކަމަށް ވިޔަސް، އެ މީހާގެ ހިތުގައި އިންސާފުކަމަށް ގަބޫލުކުރާ ގޮތަށް ކޮންމެހެން ވުން ލާޒިމެއް ނޫން ކަމުގައެވެ. އަދި އެ ގޮތަށް ކަންކަން ނުވެ ހިނގައިދާނެ ކަން ޝަމީމް ފާހަގަކުރެއްވިއެވެ.

“ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަށް ބަދަލު އާދޭ. އެކަމަކު އިސްލާމީ ޝަރީއަތުގައި އޮތް ހުކުމްތަކަށް ބަދަލެއް ނާދޭ. އުފެދޭ ސުވާލަކީ، އިސްލާމީ ޝަރީއަތުން ސާބިތުވާން އޮތް ކަންކަން ތަންފީޒު ނުކުރަނީ ކީއްވެގެންތޯ.“ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިންސާފު ގާއިމުވުމުގެ ވައުދަކީ ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންކޮށްފައިވާ ވައުދަކަށް ވުމުން، އިންސާފު ގާއިމުވާނެ ކަމާއިމެދު މުއުމިނުންގެ ހިތުގައި ޝައްކެއް ނުހިނގާ ކަމުގައެވެ. ދުނިޔެ ނިމި، ގިޔާމަތް ނިމޭނީ، އެންމެނަށް އިންސާފު ގާއިމުވެގެންކަން އޭނާ ފާހަގަކުރެއްވިއެވެ. 

2 Comments

  1. ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button