ޚަބަރުސިޔާސީ

މަހުލޫފް “ނޮޅާލާނެ” ކަމަށް ބުނެ އިންޒާރުދީފި

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ނޮޅާލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މިނިސްޓަރ މަހުލޫފް ވަނީ ޓްވިޓަރ މެދުވެރިކޮށް އިންޒާރުދީ ފޮނުވާފައިވާ މެސެޖުތައް އާންމުކޮށްފައެވެ. މި މެސެޖުތަކުގައި ބުނެފަައިވަނީ އެއީ މިނިސްޓަރ މަހުލޫފަށްދޭ “ގަދަފަދަ” އިންޒާރެއް ކަމަށެވެ. އަދި މިނިސްޓަރ އަކީ އިންޑިއާގެ ޕަޕެޓެއް ކަމަށާއި، މިނިސްޓަރ ޔޯގާ ހަލާލު ކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ އަތުޖެހިއްޖެނަމަ “ނޮޅާލާނެ” ކަމަށާއި، މިއަދުވެސް ސަލާމްތްވީ ފިލީމައި ކަމަށް ބުނެފައިވެއެވެ. އަދި މިނިސްޓަރ އަށް ބަލަމުން ދާ ކަމަށާއި، އެފަރާތަށް ނުވަތަ އެފަރާތުގެ ޖަމުއިއްޔާއަކަށް ފިޔަވަޅު އެޅިޔަސް އެމަނިކުފާނާއި، އެމަނިކުފާނުގެ އާއިލާގެ “ޒަމާން ދުއްވާލާނެ” ކަމަށް ބުނެފައިވެއެވެ. އަދި އަބަދު މިނިސްޓަރ ކަމުގައި ނުހުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮހެއްގެ އަތުން މަރުވެއްޖެކަމަށްވާނަމަ އެމަނިކުފާނު ވާނީ ޝަހީދަކަށް ކަމަށެވެ. އަދި މަގާމަކީ އެމަނިކުފާނަށް މާ ބޮޑު އެއްޗެއް ނޫން ކަމަށާއި، ބިރު ދައްކައިގެން ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި މިނިސްޓަރ މަހުލޫފަށް މި އިންޒާރު އައިސްފައިމިވަނީ  ގަލޮޅު ދަނޑުގައި ޔޫތް މިނިސްޓްރީއާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ހަރާކާތާއި ގުޅިގެންނެވެ. ގިނަ ބަޔަކު ނިކުމެ އެހަރަކާތް ހުއްޓުވުމުންވެސް، ޔޫތް މިނިސްޓްރީއިން ވަނީ އަލުން އެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އަދި މިނިސްޓަރ މަހުލޫފް ފަހުން ވަނީ އެއީ “ސްޕޯޓްސް ޔޯގާ” ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button