ޚަބަރުސިޔާސީ

ރައީސް އިބްރާހީމަށް ސަނާ ނުކިޔައިގެން އަމްރު މަޤާމުން ވަކިކުރުމަށް ނިންމައިފި!

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ރަޝާދު މަޤާމުން ވަކިކުރުމަށް، ސަރުކާރު ކުންފުނިތަކުގެ ކަންކަން ބަލައްޓާ ބޯޑު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އަށް މިއަދު ފޮނުވައިފިއެވެ.

އަމްރު ވަކިކުރުމަށް ނިންމާފައިވަނީ ރައީސް އިބްރާހީމް ސާލިހާއި ދެކޮޅަށް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއެކު މަސައްކަތްކުރަމުން ގެންދާތީ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރައީސްއޮފީހުން ވިދާޅުވި ގޮތުގައި އަމްރު މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނައުމުގެ ގޮތުންނެވެ،

ދާދިފަހުން އަމްރު ވަނީ ރައީސް ނަޝީދު އަރިހުގައި ޖުމްހޫރީ ޕާޓީއާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެފައެވެ. މި ބައްދަލުވުމަކީ ރައީސް ނަޝީދާއި ޖޭޕީގެ ’ފިކުރެއްގެ ދިރުން‘ ހަރަކާތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

 

2 Comments

  1. މީނާ ވަކިކުރުން މާ ލަސްވެސް ވެއްޖެއެވެ. މީނައަކީވެސް ހިނދުކޮޅު އަންނަ މީހެކެވެ. ވީމާ މިމީހުން ތިބޭނީ އަންނި ފަޅީގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button