ޚަބަރުސިޔާސީ

އިންޑިއާ އައުޓް ހަރަކާތަކީ ޖިނާއީ ކުށަކަށް ހަދަނީ

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެޓަރނީ ޖެނެރަލުގެ އޮފީހުން އެކުލަވައިލައި، ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މިކަން ހާމަކޮށް އެޓަރނީ ޖެނެރަލުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނޫލްއުގޫބާތުގައި ބަޔާން ކުރާ އަމަން އާންމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި އިސްލާހު ގެނައުމަށް ހުށައެޅުނީ އެފަދަ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާން ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ބޭނުންވާތީ ކަމަށެވެ.

ބެލެވޭ ގޮތުގައި މި ބިލަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ޔައްގޫމް އިސްވެހުންނަވައި، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށްގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވާލުމަށް އެކުލަވާލާފައިވާ ބިލެކެވެ.

“އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިވަގުތުވެސް މަޖްލީހުގައި ެިއިންޑިއާ އައުޓް ހަރަކާތް ހުއްޓުވާލުމުގެ ބިލަކަށް ބަހުސްކުރެވެމުން އެބަދެއެވެ. އެހެން ނަވަވެސް ސަރުކާރުން މިހާރު ހުށައެޅުމަށް ތައްޔާރުވަމުންދާ އިސްލާހަކީ ކަނޑައެޅިގެން ވަކި ހަރަކާތެއް ބަޔާން ކޮށްފައިނުވާ އިސްލާހަކަށް ވުމުން، މި ބިލު ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މި ބިލުގެ ސަބަބުން ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާލުކުރުމުގެ މިނިވަންކަން އިންތިހާއަށް ހަނިވެގެން ދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button