ޚަބަރު

ރައީސް ސާލިޙްގެ ޓާގެޓަކީ ހައްގުބަސް ބުނާ ޢާލިމުން ނިކަމެތިކުރުން: ޑރ. ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ހައްގުބަސް ބުނާ އާލިމުން ނިކަމެތި ކުރުން ކަމަށް ކުރީގެ ނައިބް ރައީސް އަދި މިހާރުގެ ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ތަކުރާރުކޮށް ފެންނަމުންދަނީ ތަފާތުކުރުން ކަމަށެވެ. އެގޮތުން ޢާލިމުން ގަޔަށް ޗިލީ ސޯސް ޖަހައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އަނިޔާ ކުރި ކަމަށް ބުނި އެމްޑީޕީއިން ހައްގުބަސް ބުނާ ޢާލިމުން ނިކަމެތި ކުރަމުން ދާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަލޮޅު ދަނޑުގައި ބޭއްވުނު ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ހަރަކާތް ރާވާ ހިންގި ކަމުގެ ތުހުމަތުގައި، ދީނީ އިލްމުވެރިޔާ ޝެއިޙް ނިޝާން ދަރިފުޅާއެކު ނަމާދަށް ދުރުވަނިކޮށް ރޭގެ ވަގުތެއްގައި ހައްޔަރުކުރުމާއި ގުޅިގެންނެވެ.

ޝެއިޙް ނިޝާން އަނިޔާވެރިގޮތަކަށް ހައްޔަރު ކޮށްފައިވަނީ އޭގެ މާކުރިން އެކަމަށް އެދިއްޖެނަމަ އަމިއްލަފުޅަށް ފުލުހަށް ހާޒިރުވެވަޑައިގަންނަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވަނިކޮށެވެ.

ފުރުޤާން މިސްކިތަށް ވަޑައިގެންނެވި މަގުމަތިން މޫނު ނިވާކޮށްގެންތިބި ފުލުހުންގެ ޓީމަކުން ޝެއިޙް ނިޝާން ހައްޔަރުކުރިއިރު، އެ ސަރަހައްދުގައި ތިބި ފުލުހުން ޝެއިޙް ވަށާލައިގެން އުޅޭ މަންޒަރު މީސްމީޑިއާގައި އާންމުވެފައިވެއެވެ. އަދި އެވަގުރު ނީޝަންގެ ދަރިފުޅުގެ ރުއިމުގެ އަޑު މުޅި ހިސާބަށް އިވޭކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތުދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button