ޚަބަރު

ސަރުކާރު އެނބުރި ބޮޑު އިސްޓޯރުގެ މާޒީއަށް: ސައީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، ސަރުކާރުގެ މިސްރާބު މިހާރު ހުރީ ބޮޑު އިސްޓޯރުގެ މާޒީއަށް ކަމަަށް، ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުން މަތިކޮށްފައިވާ މާލީ ބާރުތައް ރައީސް ސާލިޙްގެ ހަނދާނުގައި މިހާރަކު ނެތް ކަމަށެވެ. އަދި އެވަރުން އެމަނިކުފާނަށް ދެވަބަ ދައުރެއް ލިބޭނެ ކަމާއިމެދު ވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ މިހާލަތުން އަރައިގަތުމަށް ރައީސް ސާލިޙް އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި، އަވަސް އިގްތިސާދީ އަދި ސިޔާސީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ސައީދު މިފަދައިން ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު މެނޭޖްކުރުމުގެ ބާރުތައް ރައީސާއި ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖްލީހަށް ހުށަހަޅުއްވުމާއި ގުޅިގެންނެވެ. އަދި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސާލިޙް ވަނީ އެސްޑީއެފް ފަންޑުގައި ޑޮލަރާއި ފައިސާ އެބަހުރި ކަމަށާއި، އެފަންޑު ބޭނުން ވަގުތަކު ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެސްޑީއެފްގައި ހުރި ފައިސާ މާރުކުރުމަކީ، ގިނަ ބޭފުޅުން އިއްތިފާގުވާ ގޮތުގައި ބޮޑު މައްސަލަ އެކެވެ. އަދި ފަންޑުގެ މަގްސަދު ގެއްލިގެން ދާނެކަމެކެވެ. ރައީސް ޔަަމީންގެ ޒައާމަތުގައި 800 މިލިއަން ޑޮލަރު ހުރި މި ފަންޑުގައި މިވަގުތު ހުރީ 4 ބިލިއަން ދިވެހި ރުފިޔާއެވެ. އަދި ޑޮލަރުން 32 މިލިއަން ޑޮލަރު ހުރިއިރު، މިއީ ގާތްގަނޑަކަށް ފަންޑުގެ 10 ވަރަކަށް ޕަސެންޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button